ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އެފްއޭއެމް އެވޯޑްސް 2026 ގައި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑު ހާސިލުކޮށްފިއެވެ. ރާއްޖޭގައި ފުޓްސަލްގެ އެންމެ މޮޅު ކުޅުންތެރިޔާއަށް އެވޯޑެއް ދެނީ މިއީ ފުރަތަމަ ފަހަރެވެ.
އެފްއޭއެމްއިން އެވޯޑު ހަފުލާއެއް ބާއްވަނީ އަށް އަހަރު ފަހުންނެވެ. ފުޓުބޯޅައަށް ހާއްސަ އެވޯޑު އެންމެ ފަހުން ދީފައިވަނީ 2018 ވަނަ އަހަރު، މޯލްޑިވްސް ފުޓްބޯލްގެ ދައުރުގައެވެ.
އިންމިގެ ލީޑަރުޝިޕްގައި ގައުމީ ފުޓްސަލް ޓީމުން ސަރަހައްދުގެ ހުރިހާ ގައުމެއް ބަލިކޮށް، ސާފްގެ ފުރަތަމަ ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމާއެކު ފުޓްސަލްގައި ރާއްޖެއަށް ފުރަތަމަ ބައިނަލްއަގުވާމީ ކާމިޔާބު ލިބުނެވެ. އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަކަށްވެސް ހޮވުނީ އިންމިއެވެ.
ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލަށް ގއ. ދެއްވަދޫ ދިޔައިރުވެސް، އެ ޓީމުގައި ކުޅުނު މުހިންމު ކުޅުންތެރިއަކީ އިންމިއެވެ.
ކޮމެންޓު ފޮނުވާ