މުދައްރިސުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށް ސަރުކާރުން އިސްކަން ދޭނެ: ރައީސް

މުދައްރިސުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށް ސަރުކާރުން އިސްކަން ދޭނެ: ރައީސް

Author
އަހުމަދު
05 އޮކްޓޯބަރ 2026 10:30
0

ދުނިޔެ ހަލުވިކަމާއެކު ބަދަލުވަމުން ދާއިރު، ޒުވާން ޖީލަށް ރަނގަޅު މަގު ދައްކައިދިނުމުގައި މުދައްރިސުންގެ ދައުރަކީ ވަރަށް މުހިންމު ދައުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ލިއުއްވި ޕޯސްޓެއްގައި ރައީސް ވަނީ ދަރިވަރުންގެ ކުރިމަގު ބިނާކުރުމަށް މުދައްރިސުން ކުރާ ބުރަ މަސައްކަތާއި ގުރުބާނީގެ އަގު ވަޒަންކުރައްވައި، ޝުކުރު ދަންނަވާފަ އެވެ.

މުދައްރިސުންގެ ދުޅަހެޔޮކަމަށް ސަމާލުކަން ދީ، މަސައްކަތުގެ ބުރަ ލުއިކޮށް، ވަޒީފާގެ މާހައުލު ރަނގަޅުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ހުރިހާ ކުދިން ހިމެނޭ ތައުލީމީ ނިޒާމެއް ހަރުދަނާކޮށް، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގައި މުދައްރިސުންގެ ގާބިލުކަން އިތުރުކުރުމަށް މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މުދައްރިސުންނަށް އެހީތެރިވުމަކީ ދަރިވަރުންނާއި މުޅި ގައުމުގެ ކުރިއެރުމުގެ ބިންގާ ވަރުގަދަކުރުން ކަމަށް ވިދާޅުވެ، ކޮންމެ ކުއްޖެއްގެ ހުނަރު ފުރިހަމައަށް ތަރައްގީކުރެވޭނެ ތައުލީމީ ނިޒާމެއް ބިނާކުރުމަށް އެއްބާރުލުން ދިނުމަށް ރައީސް ގޮވާލެއްވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.