ސީސީޓީވީ ފުޓޭޖުން ވަގު ފާހަގަވެ، ވަގަށް ނެގި ދޮޅުލައްކަ ރުފިޔާގެ ބޮޑުބައި އަނބުރާ ހޯދައިފި

ސީސީޓީވީ ފުޓޭޖުން ވަގު ފާހަގަވެ، ވަގަށް ނެގި ދޮޅުލައްކަ ރުފިޔާގެ ބޮޑުބައި އަނބުރާ ހޯދައިފި

Author
އަހުމަދު
27 ސެޕްޓެމްބަރ 2026 10:31
0

މާލޭގައި ފަތާ ޓްރެކް ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން ވަގަށް ނެގި 150،000ރ. ގެ ތެރެއިން 95،000ރ. އަނބުރާ ހޯދައިފި ކަމަށް ފުލުހުން ބުނެފި އެވެ.

މި މައްސަލަ ފުލުހަށް ރިޕޯޓުކުރެވުނީ މިދިޔަ ބުދަ ދުވަހު އެވެ. ތަހުގީގުގެ ތެރެއިން ސަރަހައްދުގެ ސީސީޓީވީ ފުޓޭޖު ބަލައިގެން ތުހުމަތުކުރެވޭ މީހާ ދެނެގަނެ، ސުވާލުކުރުމުން ފައިސާ ނެގި ކަމަށް އޭނާ އިއުތިރާފުވި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި ތުހުމަތުކުރެވޭ މީހާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000ރ. ފުލުހުންނާ ހަވާލުކޮށް، 40،000ރ. ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވެ އެވެ. ބާކީ 55،000ރ. އެ މީހާ ބޭނުންކޮށްލާފައިވާތީ، އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފައި ނުވާ ނަމަވެސް، މައްސަލައިގެ ތަހުގީގު ދަނީ ކުރިއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.