ޔޫއެން ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ގޮނޑިއަށް އިންޑިއާއަށް ޔޫރަޕުގެ ހަތަރު ގައުމެއްގެ ތާއީދު

ޔޫއެން ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ގޮނޑިއަށް އިންޑިއާއަށް ޔޫރަޕުގެ ހަތަރު ގައުމެއްގެ ތާއީދު

Author
އަހުމަދު
25 ސެޕްޓެމްބަރ 2026 08:41
0

ޔޫއެން ސެކިއުރިޓީ ކައުންސިލްގައި ދާއިމީ ގޮނޑިއެއް ހޯދުމަށް އިންޑިއާއިން ކުރާ މަސައްކަތަށް، ވިސެގްރާޑް ގްރޫޕް (ވީ4) ގެ މެމްބަރު ގައުމުތައް ކަމަށްވާ ޕޮލެންޑް، ހަންގޭރީ، ސްލޮވާކިއާ އަދި ޗެކް ރިޕަބްލިކުން ތާއީދުކޮށްފިއެވެ.

ނިއު ޔޯކްގައި ބޭއްވުނު ޔޫއެން ޖެނެރަލް އެސެމްބްލީގެ 81 ވަނަ ޖަލްސާގެ ބަޔަކަށް ބޭއްވި ބައްދަލުވުމަށްފަހު ސްލޮވާކިއާގެ ބޭރުގެ ވަޒީރު ޔުރައި ބްލާނާރު ވިދާޅުވީ، ގްލޯބަލް ސައުތުގެ ބައެއްގެ ގޮތުގައްޔާއި އިންޑޯ-ޕެސިފިކް ސަރަހައްދުގައި ކުރިއަރަމުންދާ ބާރުވެރި ގައުމެއްގެ ގޮތުގައި، ސެކިއުރިޓީ ކައުންސިލްގެ ދާއިމީ މެމްބަރުންގެ ތެރޭގައި އިންޑިއާ ހިމެނެންޖެހޭ ކަމަށް ވީ4 ގައުމުތައް އެއްބަސްވާ ކަމަށެވެ.

މިއީ ވީ4 އާއި އިންޑިއާގެ ބޭރުގެ ވަޒީރުން ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ. އިންޑިއާގެ ބޭރުގެ ވަޒީރު ޑރ. އެސް. ޖައިޝަންކަރު ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ވިޔަފާރި، ޓެކްނޮލޮޖީ، ދިފާއު، ތަޢުލީމު އަދި ސަޕްލައި ޗެއިން ފަދަ ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރުމާއި، ބައިނަލްއަގްވާމީ ޖަމާޢަތްތައް އިސްލާހުކުރުމުގެ މުހިންމުކަމާ މެދު މަޝްވަރާކުރެވުނެވެ.

ޖައިޝަންކަރު ވިދާޅުވީ، މި ބައްދަލުވުމަކީ މެދު ޔޫރަޕުގެ މި ހަތަރު ގައުމާއެކު އިންޑިއާގެ ގުޅުމުގައި އާ ބާބެއް ފެށުނު ކަމެއް ކަމަށެވެ. ކޮންމެ އަހަރަކު ބޭރުގެ ވަޒީރުންގެ ބައްދަލުވުމެއް ބޭއްވުމަށާއި، އަހަރީ ވިޔަފާރި ފޯރަމެއް ބޭއްވުމުގެ ފުރުސަތު ހޯދުމަށްވެސް ދެފަރާތުން އެއްބަސްވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.