ހުކުރުދުވަހުން ފެށިގެން ގްލޯބަލް ދުކާނުގައި ރުފިޔާ ބަލައިގަނީ

ހުކުރުދުވަހުން ފެށިގެން ގްލޯބަލް ދުކާނުގައި ރުފިޔާ ބަލައިގަނީ

Author
އަހުމަދު
23 ސެޕްޓެމްބަރ 2026 01:36
0

 

އިންޑިއާގެ ބޮޑެތި އީ-ކޮމާސް ޕްލެޓްފޯމްތަކުން ތަކެތި ގަނެ ރާއްޖެއަށް ގެނެސްދޭ ގްލޯބަލް ދުކާނުގައި، ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ ގޮތް ހަދައިފި އެވެ. ކުންފުނިން ބުނީ މި ހިދުމަތް މި ހަފުތާގެ ހުކުރުދުވަހުން ފެށިގެން ލިބޭނެ ކަމަށެވެ.

މި ބަދަލާއެކު ކަސްޓަމަރުންނަށް ބޭރު ފައިސާގެ ލިމިޓްތަކުގެ ދަތިކަމެއް ނެތި، ފައިސާ ބަދަލުކުރުމުގެ އިތުރު ފީއެއް ނުދައްކައި ވިޔަފާރިކުރެވޭނެ އެވެ.

ގްލޯބަލް ދުކާނުގެ ވެބްސައިޓް ނުވަތަ އެޕް މެދުވެރިކޮށް އެމެޒޯން، މިންތުރާ، ނައިކާ އަދި އައިކިއާ ފަދަ ތަންތަނުން ތަކެތި ގަނެވޭނެ އެވެ. އެކި ފިހާރަތަކުން ނަގާ ތަކެތި އެއް ކާޓަކަށް ލާފައި އެއްފަހަރާ ފައިސާ ދެއްކޭ ގޮތަށް ހަދާފައިވުމަކީ މި ޕްލެޓްފޯމުގެ ހާއްސަ ސިފައެކެވެ.

ގަންނަ ތަކެތި ރާއްޖެއަށް ގެނެސް ފޯރުކޮށްދެނީ މޯލްޑިވްސް ޕޯސްޓުގެ ނެޓްވޯކުންނެވެ. އެހެންކަމުން ރާއްޖޭގެ ކޮންމެ ރަށެއްގައި ތިބި މީހުންނަށްވެސް ޕޯސްޓް އޮފީހުން މުދާ ލިބޭނެ އެވެ.

މި ފުރުސަތަކީ އޮންލައިން ވިޔަފާރިވެރިންނާއި އަމިއްލަ ބޭނުމަށް ތަކެތި ގަންނަ ފަރާތްތަކަށް އިންޑިއާގެ މާކެޓުން މުދާ ހޯދުން ފަސޭހަކޮށްދޭނެ ކަމެއް ކަމަށް ބެލެވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.