ރައީސް މުއިއްޒަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް އަރުވައިފި

ރައީސް މުއިއްޒަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް އަރުވައިފި

Author
އަހުމަދު
18 ސެޕްޓެމްބަރ 2026 10:34
0

އަންނަ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ޓިކެޓް ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިރޭ ރަސްމީކޮށް އަރުވައިފި އެވެ.

ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ހަފްލާގައި ރައީސް މުއިއްޒަށް މި ޓިކެޓް އެރުވީ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދިނުމަށް ކޮންގްރެސް އަށް ގަރާރެއް ހުށައެޅީ ޕާޓީގެ އަމިއްލަ މެމްބަރެކެވެ. ދެވަނަ ދައުރެއް ދިނުމަކީ ގައުމީ ވާޖިބެއް ކަމަށް ބުނެ ހުށައެޅި މި ގަރާރަށް ބަހުސް ކުރެއްވި ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި އާއްމު މެމްބަރުން ވެސް ވަނީ ރާއްޖެއަށް ގެންނަ ތަރައްގީގެ ބާނީ އަކީ ރައީސް މުއިއްޒު ކަމަށް ފާހަގަކުރައްވާ އެމަނިކުފާނަށް ތައުރީފު ކުރައްވާފަ އެވެ.

އިއްޔެ ހެނދުނުގެ ދަންފަޅީގައި ބޭއްވި ކޮންގްރެސްގައި ބައިވެރިވި 1119 މެމްބަރުންގެ އިއްތިފާގުން މި ގަރާރު ފާސްކުރުމަށްފަހު، މިރޭގެ ހަފްލާގައި ރައީސް މުއިއްޒަށް ވަނީ ރަސްމީކޮށް ޓިކެޓް އަރުވާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.