ރައީސް ސާލިހުގެ ތާއީދާއެކު ފައިސަލް ނަސީމް ރިޔާސީ ރޭހަށް ނިކުންނަވަނީ!

ރައީސް ސާލިހުގެ ތާއީދާއެކު ފައިސަލް ނަސީމް ރިޔާސީ ރޭހަށް ނިކުންނަވަނީ!

Author
އަހުމަދު
18 ސެޕްޓެމްބަރ 2026 10:40
0

ކުރީގެ ރައީސް ސާލިހުގެ ތާއީދާއެކު ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީގެ ރިޔާސީ ރޭހަށް ނިކުންނަވަން ނިންމަވައިފިކަމުގެ މަޢުލޫމާތު "ޚަބަރު އޮންލައިން"އަށް ލިބިއްޖެއެވެ.

ނަން ހާމަކުރަން ބޭނުންނުވާ، ރައީސް ސާލިހުގެ އަރިސް ފަރާތަކުން "ޚަބަރު އޮންލައިން" މަޢުލޫމާތު ދިން ގޮތުގައި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމާމެދު ރައީސް ސާލިހު ކުރިން ވިސްނެވިނަމަވެސް، އެ ވިސްނުން ދޫކުރައްވާ، ފައިސަލް ނަސީމަށް ތާއީދު ކުރެއްވުމަށް އެމަނިކުފާނު މިހާރުވަނީ ނިންމަވާފައެވެ. އަދި ފައިސަލް ނަސީމްގެ ރަނިންމޭޓެއްގެ ގޮތުގައި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ހަމަޖެއްސެވުމަށްވެސް ރައީސް ސާލިހު ތާއީދު ކުރެއްވުމަށް ނިންމަވާފައިވާކަމަށްވެސް މަޢުލޫމާތު ލިބިފައި ވެއެވެ. އެހެންނަމަވެސް މި މަޢުލޫމާތު ރައީސް ސާލިހުވެސް އަދި ފައިސަލް ނަސީމްގެ ފަރާތުންވެސް ރަސްމީކޮށް ކަށަވަރު ކުރައްވާފައެއް ނުވެއެވެ.

ރައީސް ސާލިހުގެ ތާއީދާއެކު ރިޔާސީ ރޭހަށް ފައިސަލް ނަސީމް ނިކުންނަވާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާ، ކުރީގެ ޚާރިޖީ ވަޒީރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުالله ޝާހިދު ގެންދަވަނީ ކެމްޕޭންވެސް ކުރައްވަމުންނެވެ. އަދި އެޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލްވެސް ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައެވެ. އަދި އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދުވަނީ ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވާ ފައްޔާޒު އިސްމާއިލްއަށް ތާއީދު ކުރައްވަން ނިންމަވާފައިވާކަން އިއުލާން ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.