ސެޕްޓެމްބަރު 29 އަށް ޔާމީން ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފި

ސެޕްޓެމްބަރު 29 އަށް ޔާމީން ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފި

Author
އަހުމަދު
17 ސެޕްޓެމްބަރ 2026 08:09
0

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާތަކާ ގުޅިގެން، އަންނަ ސެޕްޓެމްބަރު 29 ވަނަ ދުވަހުގެ ހެނދުނު 9:15 އަށް ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އެމަނިކުފާނަށް އެ ކޯޓުން މިއަދު ޗިޓު ފޮނުވައިފި އެވެ.

އެ އަޑުއެހުމަކީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅިގެން ވާހަކަ ދެއްކުމަށް ބޭއްވޭ އަޑުއެހުމެއް ކަމަށް ކޯޓުން ބުނެ އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި، އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި، 11 އަހަރުގެ ޖަލު ހުކުމެއް ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވީ ޑިސެމްބަރު 25، 2022 ގަ އެވެ. ނަމަވެސް ދައުލަތުން އޭރު ހުށަހެޅި އާ ހެކިތައް ބަލައިގަތީ ގޯސްކޮށް ކަމަށް ކަނޑައަޅައި، ހައި ކޯޓުން ވަނީ އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް އަންގައިފަ އެވެ. މި ޖުލައި މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވެސް ވަނީ ހައި ކޯޓުގެ އެ ނިންމުމަށް ތާއީދުކޮށްފަ އެވެ.

މީގެ އިތުރުން، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިނގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގައި ވެސް ޔާމީނަށް ދައުވާ އުފުލާފައިވާ އިރު، އެ މައްސަލަ ވެސް އަދި ދަށު ކޯޓުގައި ދަނީ ހިނގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.