އެސްބީއައި ދަރަނި ޚަލާޞްކޮށް، އަސާސީ ތަކެތި މެދުނުކެނޑި ލިބޭނެކަމުގެ ޔަގީންކަން ދީފި

އެސްބީއައި ދަރަނި ޚަލާޞްކޮށް، އަސާސީ ތަކެތި މެދުނުކެނޑި ލިބޭނެކަމުގެ ޔަގީންކަން ދީފި

Author
އަހުމަދު
17 ސެޕްޓެމްބަރ 2026 07:16
0

ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި، ތެލާއި ބޭހުގެ ސަޕްލައި މެދުނުކެނޑި ދެމެހެއްޓުމަށް ފުރިހަމަ އިންތިޒާމުތަކެއް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ވަޒީރު ކުރެއްވި ޕޯސްޓެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން ދުރާލާ ރޭވިގެން، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކުރަމުން، ދަރަނި ޒިންމާދާރުކަމާއެކު ބެލެހެއްޓުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މީގެ ހެއްކެއްގެ ގޮތުން، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ދަރަނީގެ އެންމެ ފަހު 50 މިލިއަން ޑޮލަރުގެ އިންސްޓޯލްމަންޓް މިއަދު ދައްކައި، އެ ދަރަނި އެއްކޮށް ޚަލާޞްކޮށްފައިވާ ކަމަށްވެސް ވަޒީރު ޙާމަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.