އުވާލަން ނިންމައިފައިވާ އެމްއައިޓީޑީސީގެ އެމްޑީގެ މަގާމުން ޝިއުނާ ވަކިކޮށްފި

އުވާލަން ނިންމައިފައިވާ އެމްއައިޓީޑީސީގެ އެމްޑީގެ މަގާމުން ޝިއުނާ ވަކިކޮށްފި

Author
އަހުމަދު
17 ސެޕްޓެމްބަރ 2026 11:54
0

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހައްވާ ޝިއުނާ ޚާލިދު އެ މަގާމުން މިއަދު ވަކިކޮށްފިއެވެ.

ދައުލަތުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން ޝިއުނާ މަގާމުން ވަކިކުރަން ނިންމިކަން މިއަދު ވަނީ އޭނާއަށް އަންގައިފައެވެ. ޝިއުނާ އެމްއައިޓީޑީސީގެ އެމްޑީގެ މަގާމަށް އައްޔަންކުރެއްވީ މި ސަރުކާރު ވެރިކަމާ ހަވާލުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، 2024 ވަނަ އަހަރު ސަރުކާރުން ވަނީ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން އެމްއައިޓީޑީސީ އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)ގެ ދަށަށް ބަދަލުކުރުމަށް ނިންމައިފައެވެ. އެ ނިންމުމަށް ދެ އަހަރު ވެފައިވީ ނަމަވެސް، މިހާތަނަށް އެ ނިންމުން ތަންފީޒުކުރެވިފައެއް ނުވެއެވެ. އަދި މިދިޔަ ޖަނަވަރީ މަހު ފިނޭންސް މިނިސްޓްރީން ވަނީ އެ ކުންފުނި އުވާލުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނު ވެސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.