ސިނަމާލެ ބްރިޖު ހައިވޭގައި ދެ ސައިކަލު ޖެހި، މީހަކު ޒަހަމްވެއްޖެ

ސިނަމާލެ ބްރިޖު ހައިވޭގައި ދެ ސައިކަލު ޖެހި، މީހަކު ޒަހަމްވެއްޖެ

Author
އަހުމަދު
12 ސެޕްޓެމްބަރ 2026 12:19
0

ސިނަމާލެ ބްރިޖު ހައިވޭގައި ދެ ސައިކަލު ޖެހި ރޭ ހިނގި އެކްސިޑެންޓެއްގައި މީހަކު ޒަހަމްވެ، އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގި ކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ 21:13 ހާއިރު ކަމަށާއި، އަނިޔާވެފައިވަނީ އެއް ސައިކަލު ދުއްވަން އިން މީހާއަށް ކަމަށެވެ. އޭނާއަށް މިހާރު އައިޖީއެމްއެޗް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.