ކަނޑުގެ އޮއެވަރު ގަދަވުމުގެ ސަބަބުން ނަގިލި ކަހާލައިގެން ދިޔަ ތެޔޮ ބޯޓެއް ސިނަމާލެ ބްރިޖުގައި ޖެހިއްޖެ އެވެ.
ބުދަ ދުވަހުގެ ރޭ ހިނގި މި ހާދިސާ ހިނގި ވަގުތު 'ދަ ޕްރެސް’ގެ ނޫސްވެރިން ތިބީ ސިޓްރަން ރެސްޓޯރަންޓުގައި ކަމުން، މަންޒަރު ވަނީ ސީދާ ފެނިފަ އެވެ. އެ ބޯޓު އަޅާފައި އޮތް ނަގިލި ކަނޑުގެ ގަދަ އޮއެވަރާއެކު ކަހާލުމަށްފަހު، ބޯޓު ދިޔައީ ސީދާ ބްރިޖާ ދިމާލަށެވެ. އެގޮތަށް ދަނިކޮށް ބޯޓުގޮސް ޖެހުނީ ބްރިޖުގަ އެވެ.
މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެ އެވެ.
ކޮމެންޓު ފޮނުވާ