ހުޅުމާލެއިން 140 ގުރާމުގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރު ކޮށްފި

ހުޅުމާލެއިން 140 ގުރާމުގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރު ކޮށްފި

Author
އަހުމަދު
07 ސެޕްޓެމްބަރ 2026 07:28
0

ހުޅުމާލޭ ފޭސް އެކެއްގެ ވެމްކޯ ބްރިޖު ސަރަހައްދުން މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ހުޅުމާލޭ ސްޕެޝަލް އެންފޯސްމަންޓުން އިއްޔެ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ ފ. މަގޫދޫ/ ހަނދުވަރީގެ، އިސްމާއީލް އިޒްހާން (25އ) އާއި ލ. އިސްދޫ/ ހުސްނޫގެ، އާމިނަތު ރުޝްދާ (21އ) އެވެ. މި ދެ މީހުންނަށް ތުހުމަތުކުރެވެނީ މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރުމުގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތެވެ.

ފުލުހުން ބުނިގޮތުގައި މި ދެ މީހުން ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 140.03 ގުރާމުގެ ތަކެއްޗާއި ތިން ބިޑި ފެނިފައިވެއެވެ.

ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އިސްމާއީލް އިޒްހާން 15 ދުވަހަށް އަދި އާމިނަތު ރުޝްދާ 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.