ސްނޯކްލިންގގެ ދުނިޔޭގެ ރެކޯޑް ބީއެމްއެލްއިން ގާއިމްކޮށްފި

ސްނޯކްލިންގގެ ދުނިޔޭގެ ރެކޯޑް ބީއެމްއެލްއިން ގާއިމްކޮށްފި

Author
އަހުމަދު
07 ސެޕްޓެމްބަރ 2026 07:25
0

އެއްވަގުތެއްގައި އެންމެ ގިނަ މީހުން ސްނޯކްލިންގ ކުރުމުގެ ގިނީސް ވޯލްޑް ރެކޯޑް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކާމިޔާބުކަމާއެކު ގާއިމްކޮށްފިއެވެ.

ނިޔާމަ ކުރުނބާ މޯލްޑިވްސްގައި ބޭއްވި މި ހަރަކާތުގައި ޖުމްލަ 314 މީހުން އެއްވަގުތެއްގައި ސްނޯކްލިންގ ކޮށް، ދުނިޔޭގެ ރެކޯޑް މުގުރާލާފައިވާއިރު، މިއީ ރާއްޖޭގެ ނާޒުކު ފަރުތަކުގެ ރީތިކަން އަމިއްލައަށް ތަޖުރިބާކޮށް، ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކުރުމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބީއެމްއެލްއިން ހިންގި އިސްނެގުމެއް ކަމަށް އެ ބޭންކުން ބުނެއެވެ.

މި ކާމިޔާބީއަކީ ފަރުތައް ހިމާޔަތްކުރުމުގައި އެންމެން ގުޅިގެން ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް ހިތްވަރު ދޭ ފިޔަވަޅެއް ކަމަށް ފާހަގަކުރަމުން، ބީއެމްއެލްއިން ވަނީ މި ހަރަކާތް ކުރިއަށް ގެންދިއުމުގައި ބައިވެރިވި އެންމެހާ ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.