އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް

އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް

Author
އަހުމަދު
07 ސެޕްޓެމްބަރ 2026 08:05
0

"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026″ ގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ބައިވެރިވުމަށް ދީފައިވާ މުއްދަތު މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އިން ހާމަކުރައްވައިފިއެވެ.

ބީސީސީން ވިދާޅުވި ގޮތުގައި، މި އަހަރުގެ މައުރަޒުގައި ބައިވެރިވުމަށް މިހާތަނަށް 700 އަށްވުރެ ގިނަ ފަރާތުން ފޯމު ހުށަހަޅާފައިވެއެވެ. މިއީ 2025 ވަނަ އަހަރު ބޭއްވި މައުރަޒުގައި ބައިވެރިވި 240 ފަރާތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

މި އަހަރުގެ މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއެއްގެ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމުގެ ފުރުޞަތު ލިބިގެންދާއިރު، ބައިވެރިވުމުގެ ފުރުޞަތު ވަނީ އުމުރުން 13 އަހަރުން މަތީގެ ދިވެހިންނަށާއި، ދިވެހި ވިޔަފާރިތަކަށާއި، ސަރުކާރު ހިއްޞާވާ ކުންފުނިތަކާއި، ތައުލީމީ މުއައްސަސާތަކާއި، ކައުންސިލްތަކާއި ހާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މި އަހަރަކީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާއިރު، ބީސީސީގެ އަމާޒަކީ ދިވެހި އުފެއްދުންތެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލައި މާކެޓް ކުރުމަށް އެންމެ ފަހި ފުރުޞަތު ފަހިކޮށްދިނުމެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ އިސްނެންގެވުމުގެ މަތިން ބީސީސީން އިންތިޒާމުކުރާ މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 23 އިން 31 އަށެވެ. ބައިވެރިވުމަށް އެދި ފޯމު ހުށަހެޅޭނީ expo.mv ޕޯޓަލް މެދުވެރިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.