ކައިވެނީގެ ހެދުމާއި އެކި ބާވަތުގެ ފޮތި ވިއްކާ 'އެބްރަޒޯސް' ފިހާރައިން ކުރިން މަސައްކަތްކުރި، މާރާމާރީ އާއި ވައްކަމުގެ ތުހުމަތުގައި ރާއްޖެއިން ޑީޕޯޓުކޮށްލި އިންޑިއާގެ ރައްޔިތެއް ކަމަށްވާ އަޖޭ ކުމާރާ މެދު ސަމާލުވުމަށް އެ ފިހާރައިން އިލްތިމާސްކޮށްފި އެވެ.
އެ ފިހާރައިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އަޖޭ ކުމާރު އެ ފިހާރައިގައި މަސައްކަތްކުރި ދުވަސްވަރު އޭނާއާ ހަވާލުކޮށްފައި އޮތީ ކަސްޓަމަރުންގެ އޯޑަރުތައް ނެގުމާއި ޑެލިވަރީ ކުރުމުގެ މަސައްކަތް ކަމަށާއި، އެހެންކަމުން ކަސްޓަމަރުންގެ ފޯނު ނަމްބަރުތައް އޭނާއަށް ލިބިފައި ހުރި ކަމަށެވެ.
ޑީޕޯޓުކުރި ފަހުން، ރާއްޖޭގައި އޭނާ ބޭނުންކުރި ނަމްބަރުން ބައެއް ކަސްޓަމަރުންނަށް ގުޅައި، ވީޑިއޯ ކޯލްކޮށް، މެސެޖްކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ފިހާރައިން ބުނެ އެވެ. އެހެންކަމުން، އޭނާއާ އެއްވެސް ކަހަލަ މުއާމަލާތެއް ނުހިންގުމަށް ފިހާރައިން ވަނީ އާއްމުންގެ ކިބައިން އެދިފަ އެވެ.
ކޮމެންޓު ފޮނުވާ