ބޭރަށްހިންގުމާއި ހޮޑުލުމުގެ ބަލި ފެތުރޭތީ ސަމާލުވާން އެދިއްޖެ

ބޭރަށްހިންގުމާއި ހޮޑުލުމުގެ ބަލި ފެތުރޭތީ ސަމާލުވާން އެދިއްޖެ

Author
އަހުމަދު
06 ސެޕްޓެމްބަރ 2026 04:52
0

ރާއްޖޭގައި ބޭރަށްހިންގުމާއި ހޮޑުލުމުގެ ބަލި ފެތުރެމުންދާ މިންވަރު އިތުރުވަމުންދާތީ، އެ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ބަލިން ރައްކާތެރިވުމަށްޓަކައި އާންމު ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. އެގޮތުން ފާހާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމަށާއި، ފާހާނާ ބޭނުންކުރުމަށްފަހު ރަނގަޅަށް ސެނިޓައިޒްކޮށް ސާފުކުރުމަށް އެ އެޖެންސީން ވަނީ އެދިފައެވެ.

ބޭރަށްހިންގުން ޖެހިއްޖެނަމަ ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ލޮނުޕެކެޓާއި، ފެން އަދި ސޫޕް ފަދަ ދިޔާތަކެތި ގިނަގިނައިން ބޭނުންކުރުމަށްވެސް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. އަދި ގިނަގިނައިން ހޮޑުލެވުމާއި، ބޮލަށް އެނބުރުން އެރުމާއި، ބަނޑުގައި އާދަޔާ ހިލާފަށް ރިއްސުމާއި، ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ބަލީގެ އަލާމާތްތައް ފެނިއްޖެނަމަ، އެ އަލާމާތްތައް ރަނގަޅުވި ނަމަވެސް 24 ގަޑިއިރު ވަންދެން ކުދިން ސްކޫލަށް ނުފޮނުވުމަށާއި، ބޮޑެތި މީހުން ވަޒީފާއަށް ނުނިކުތުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.