ފާއިތުވި ހަފްތާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 29 ކުއްލި ނުރައްކަލުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
އޮގަސްޓް 30 އިން ސެޕްޓެމްބަރު 5 އަށް ނިމުނު ހަފްތާގެ ރިޕޯޓު ދައްކާ ގޮތުގައި، މި ހާދިސާތަކުގެ ތެރެއިން އެންމެ ގިނައީ އަލިފާނުގެ ހާދިސާތަކެވެ. އެގޮތުން 12 އަލިފާނުގެ ހާދިސާއަކާއި، 11 ހަޒްމަތު ހާދިސާއެއްގެ އިތުރުން، 4 މެޑިކަލް އެވެކުއޭޝަން އަދި މީހުން ސަލާމަތްކުރުމުގެ 2 ހާދިސާއެއް ވެސް އެ މުއްދަތުގައި ހިނގާފައިވެއެވެ.
ސަރަހައްދުތަކުގެ ގޮތުން ބަލާއިރު، އެންމެ ގިނަ ހާދިސާ ރިޕޯޓު ކުރެވިފައިވަނީ މާލޭ ސަރަހައްދުންނެވެ. މާލޭ ސަރަހައްދުން 26 ހާދިސާއެއް، ސަދަން އޭރިއާއިން 2 ހާދިސާއެއް އަދި ނޮދަން އޭރިއާއިން 1 ހާދިސާއެއް ރިޕޯޓު ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ކޮމެންޓު ފޮނުވާ