އަޕާ ސައުތް ޕޮލިސްގައި ހިމެނޭ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ އެ ކުއްޖާއަށް ޖިންސީ ގޯނާކުރުމުގެ އިތުރުން ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ވެސް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ ތުހުމަތުގައި ފިރިހެން މީހާ މިއަދު ހައްޔަރު ކުރި އިރު، މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ