މާލެއިން 1.7 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން ޒުވާނަކު ހައްޔަރު ކޮށްފި

މާލެއިން 1.7 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން ޒުވާނަކު ހައްޔަރު ކޮށްފި

Author
އަހުމަދު
03 ސެޕްޓެމްބަރ 2026 09:01
0

ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި، 1.7 ކިލޯގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކަކާއެކު ތިން ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އިއްޔެ ހިންގި މި އޮޕަރޭޝަނަކީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ. ހުރާ، ސާނީވިލާ، ހުސައިން ޝާވިން (26އ)، ތ. ތިމަރަފުށި، ވިލާ، މަރްޔަމް އިޝާ އަޝްރަފް (21އ) އަދި ސ. ހުޅުދޫ، ރޭޝަމް، މުހައްމަދު ނާހިލް (25އ) އެވެ.

އޮޕަރޭޝަންގެ ތެރެއިން މާފަންނުގައި ހުންނަ ގެއެއް ބަލައިފާސްކުރި އިރު، 1.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި، މަސްތުވާތަކެތި އެކުލެވޭ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވަރުގެ އިތުރުން ބަނގުރާ ފުޅިއެއް ފެނިފައިވެއެވެ.

ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝާވިންއާއި އިޝާ 15 ދުވަހަށް، އަދި ނާހިލް ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.