މިއަހަރުގެ މިހާތަނަށް އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް 2.5 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓު ދައްކާގޮތުން، މިދިޔަ މަހުގެ 27ގެ ނިޔަލަށް ޑިޕާޗަރ ޓެކުހުގެ ގޮތުގައި 1.25 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %7.7 ގެ އިތުރުވުމެކެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) ގެ ގޮތުގައި 1.28 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު %8.4 ގެ ކުރިއެރުމެކެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާއިރު، ވައިގެ ބަނދަރުތަކުން ލިބޭ އާމްދަނީ އިތުރުވުމަކީ ދައުލަތުގެ މާލީ ހާލަތު ހަރުދަނާކުރުމަށް ލިބޭ މުހިންމު ކުރިއެރުމެކެވެ.
ކޮމެންޓު ފޮނުވާ