އަމާން ޓަވަރުން ވެއްޓުނު ކުއްޖާ ސާޖަރީއަކަށްފަހު ސްޓޭބަލް

އަމާން ޓަވަރުން ވެއްޓުނު ކުއްޖާ ސާޖަރީއަކަށްފަހު ސްޓޭބަލް

Author
އަހުމަދު
02 ސެޕްޓެމްބަރ 2026 02:00
0

ހުޅުމާލެ ފޭސް ދޭއްގައި ހުންނަ އަމާން އުދަރެސްގެ ޓަވަރުން ވެއްޓުނު 16 އަހަރުގެ އަންހެން ކުއްޖާގެ ސާޖަރީއެއް އިއްޔެ ހަދާފައިވާ އިރު، އޭނާގެ ހާލު މިހާރު ސްޓޭބަލް ކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި، އެ ކުއްޖާ ވެއްޓިފައި ވަނީ އަމާން އުދަރެސް 2 ގެ 3 ވަނަ ފަންގިފިލާއިން ބޭރަށް ކަމަށް މައުލޫމާތު ލިބެއެވެ. އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައި ވަނީ ހުޅުމާލެ ހޮސްޕިޓަލުގައި ނަމަވެސް، ފަހުން އާއިލާގެ އެދުމުގެ މަތިން ވަނީ އައިޖީއެމްއެޗްއަށް ބަދަލުކޮށްފައެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، ސާޖަރީއަށް ފަހު އެ ކުއްޖާއަށް މިހާރު ފަރުވާދެމުން ދަނީ އެ ހޮސްޕިޓަލުގެ ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ) ގައި ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.