އޮގަސްޓު މަހު 172,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފި

އޮގަސްޓު މަހު 172,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފި

Author
އަހުމަދު
28 އޮގަސްޓް 2026 09:53
0

މި ހިނގާ އޮގަސްޓު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 172,487 ފަތުރުވެރިން ޒިޔާރަތްކޮށް، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފަތުރުވެރިކަން 2.2 އިންސައްތަ މައްޗަށް ޖެހިލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ފުރަތަމަ 26 ދުވަހު ރާއްޖެއަށް އައީ 168,698 ފަތުރުވެރިންނެވެ. މި މަހު މިހާތަނަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5,996 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.

ނަމަވެސް މި އަހަރުގެ ފެށުނީއްސުރެ މިހާތަނަށް ބަލާއިރު، ޖުމްލަ 1,400,273 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާއިރު، މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 1,463,566 ފަތުރުވެރިންނާ އަޅާބަލާއިރު 3.8 އިންސައްތައިގެ ދަށްވުމެކެވެ.

މި އަހަރު އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ފެބްރުއަރީ މަހު ކަމަށާއި، އެ މަހު 247,722 ފަތުރުވެރިން ޒިޔާރަތްކުރި ކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ. އެއަށްފަހު މާރިޗު، އެޕްރީލް އަދި ޖޫން މަހު ފަތުރުވެރިންގެ އަދަދު ދަށްވި ނަމަވެސް، އޮގަސްޓު މަހު އަނެއްކާ ކުރިއެރުމެއް ފެންނަން ފެށުމަކީ ދާއިރާ އަށް ލިބުނު ހިތްހަމަޖެހުމެކެވެ.

ރާއްޖޭގެ ބެޑް ކެޕޭސިޓީ އިތުރުވެ، ގެސްޓްހައުސް ވިޔަފާރި ފުޅާވަމުން އަންނަ މި ދަނޑިވަޅުގައި، އަހަރުގެ ފަހު ކުއާޓަރުގައި ޗައިނާ އާއި ރަޝިޔާ ފަދަ މުހިންމު މާކެޓުތަކުން ފަތުރުވެރިން އިތުރުވެގެންދާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.