ލީޕްޒިގުން ފުރުސަތު ނަގާލައިފި

ލީޕްޒިގުން ފުރުސަތު ނަގާލައިފި

Author
މުޙައްމަދު ޝަޒައިމް
17 ޖެނުއަރީ 2021 11:42
0

ޖަރުމަނު ބުންޑަސްލީގަގައި އެއްވަނައަށް އުރުމަށް ލިބުނު ފުރުސަތު ލީޕްޒިގުން ނަގައިލައިފިއެވެ.

ރަށުން ބޭރުގައި ކުޅެ ލީޕްޒިގް އެއްވަރުވީ ވުލްފްބާގްއާ ވާދަކޮށް 2-2 ލަނޑުންނެވެ. މި ހަފްތާގައި ކުޅުނު ފުރަތަމަ މެޗުން ލެވަކޫސަން ބަލިވިއިރު ޑޯޓްމަންޑް ވެސް ވަނީ އިއްޔެ ލީގުގައި ކުޅުނު މެޗުން އެއްވަރުވެފައެވެ. ލީޕްޒިގާ ވުލްފްބާގް ވެސް އެއްވަރުވުމުން ލީގުގައި މިރޭ ފްރެއިބާގް ބަލިކޮއްގެން ބަޔާން މިއުނިކަށް ލީގުގެ އެއްވަނައިގަ ލީޑް ފުޅާކުރުމުގެ ފުރުސަތު ލިބިފައެވެ.

ލީގުގައި ރޭ އަރްމީނިޔާ ބެއިލަފީލްޑް އާއި ހޮފެންހަމް ވާދަކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު ކުލޯން އާއި ހާތާބާލިން ކުޅުނު މެޗުވެސް ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ސްޓުރުޓްގާޓް އާއި މޮންގަލްބެކް ވަދާކުރި މެޗު ނިމުނީ 2-2 ލަނޑުން އެއްވަރުވެގެންނެވެ. ވާޑާ ބްރޭމަން ވަނީ 2-0 ލަނޑުން އޮގްސްބާގް އަތުން މޮޅުވެފައެވެ.

މި ނަތީޖާ އެކު އެއް މެޗު މަދުން ކުޅެންގެ އެއްޕޮއިންޓް ތަފާތުން ލީގުގެ ކުރީގައި ބަޔާން މިއުނިކް އޮތީ 33 ޕޮއިންޓް ހޯދައިގެންނެވެ. 16 މެޗުން 32 ޕޮއިންޓް ހޯދައިގެން ލީޕްޒިގް ދެވަނައިގަ އޮތްއިރު ތިންވަނައިގަ ލެވަކޫސަން އޮތީ 29 ޕޮއިންޓާއެކުއެވެ. ހަތަރުވަނައިގަ އޮތް ބްރޫޝިޔާ ޑޯޓްމަންޑް ވެސް ވަނީ ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.