ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުގެ ޖަލު ހުކުމް ދެ އަހަރަށް ބޮޑު ކުރުމަސް ކޮމިޓީން ފާސްކޮށްފި

ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުގެ ޖަލު ހުކުމް ދެ އަހަރަށް ބޮޑު ކުރުމަސް ކޮމިޓީން ފާސްކޮށްފި

Author
އަހުމަދު
25 އޮގަސްޓް 2026 06:35
0

ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކަށް ދެވޭ އެންމެ ދިގު ޖަލު ހުކުމް ދެ އަހަރަށް ބޮޑުކުރުމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު، ރައްޔިތުންގެ މަޖިލީހުގެ އިގުތިޞާދީ ކޮމިޓީން މިއަދު ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފިއެވެ.

މި ބިލަކީ ވިލިމާލޭ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު އިސްމާޢީލް ސަރުކާރުގެ ފަރާތުން މިދިޔަ އަހަރުގެ އޮގަސްޓު ފަސްވަނަ ދުވަހު ހުށަހެޅުއްވި ބިލެކެވެ. މިހާރު ގާނޫނުގައި އޮންނަ ގޮތުން، ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވާ ފަރާތްތަކަށް ދެވޭ އެންމެ ދިގު ޖަލު ހުކުމަކީ އެއް އަހަރެވެ.

އިސްލާހުގައިވާ ގޮތުން، ޓެކުހުގެ ބަޔާނުގައި ސައްހަ ނޫން މައުލޫމާތެއް ހިމަނާފައި ވުން، ބައެއް މައުލޫމާތު އުނިކުރުން، ނުވަތަ މާލީ ހިސާބުތަކުގައި ސައްހަ ނޫން މައުލޫމާތު ހިމެނުމަކީ ޓެކްސް ދެއްކުމުން ރެކުމުގެ ގޮތުގައި ބެލެވޭނެއެވެ.

މީގެ އިތުރުން، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކަށް މިހާރު ދެވޭ ގޭ ބަންދުގެ އަދަބުގެ ބަދަލުގައި، 250،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކޮށް، އެއް މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭ ގޮތަށް ވަނީ ހިމަނާފައެވެ. އަދި ޓެކްސް ދައްކަންޖެހޭ ދުވަހަށް ނުދައްކާ ފަރާތްތަކުން ކޮންމެ ދުވަހަކަށް ނަގާ ޖޫރިމަނާގެ ޕަސެންޓޭޖު 0.05 އިން 0.1 އަށް އިތުރުކުރުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.