ކުރީގެ މެޖިސްޓްރޭޓް ޢަލީ ޝަފީޤް އަވަހާރަވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ކުރީގެ މެޖިސްޓްރޭޓް ޢަލީ ޝަފީޤް އަވަހާރަވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

Author
އަހުމަދު
25 އޮގަސްޓް 2026 06:36
0

ޝަރުޢީ ދާއިރާގައި 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި މެޖިސްޓްރޭޓް ރިޓަޔަރޑް އަލްއުސްތާޛު ޢަލީ ޝަފީޤް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މަރްޙޫމްގެ ޢާއިލާއަށާއި ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި ޚިދުމަތްކުރައްވާ ފަރާތްތަކަށް ތަޢުޒިޔާ ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ މާތްﷲގެ ތަނަވަސް ރަޙްމަތްފުޅާއި ރުހިވޮޑިގަތުމުގައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މަރްޙޫމަށް މިންވަރު ކުރެއްވުމަށް އެދި ދުޢާ ދަންނަވާފައެވެ.

މަރްޙޫމް ޢަލީ ޝަފީޤަކީ ޝަރުޢީ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވުމުގެ އިތުރުން، ދ.މީދޫގައާއި ހުޅުމާލޭގައި ކީރިތި ޤުރުއާން އުނގަންނައި ދެއްވުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި، ދީނަށް ލޯބިކުރައްވާ، ޚުލްޤު ހެޔޮ، މުޖްތަމަޢުގެ އިޙްތިރާމް ލިބިވަޑައިގެންހުންނެވި ޤާރީއެއް އަދި އެދުރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.