މާލޭ ޖެޓީމަތިން ފޮއްޓެއް ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޒިމް (44އ) ހޯދި ފޮށްޓަކީ ގެއްލުނު ފޮށި ކަން ފުލުހުންނަށް ސާބިތުނުކޮށްދެވޭ ކަމަށް ކޯޓުގައި ބުނެފިއެވެ.
މި މަހުގެ ކުރީކޮޅު ނާޒިމް ހައްޔަރުކުރީ، މާލެ އައި ލޯންޗަކުން ބޭލި ފޮއްޓެއް ބޮޑުތަކުރުފާނު މަގު އެޓޯލްސް ޕާކިންގޒޯންއާ ދިމާ ޖެޓީމަތީގައި ހުއްޓައި ވަގަށް ނެގި މައްސަލައިގައެވެ. ސީސީޓީވީ ފުޓޭޖުތައް ބަލައި ފުލުހުން ފޮށި ހޯދިއިރު، 248,500 އަށްވުރެ ގިނަ ރުފިޔާއާއި، އެ ފައިސާއިން އޭނާ ގަނެފައިވާ ކަމަށް ބެލެވޭ 7,000 ރުފިޔާގެ މޯބައިލް ފޯނެއް ވެސް ފެނުނެވެ.
ނާޒިމް ކުރިން 15 ދުވަހަށް ބަންދުކުރުމަށްފަހު، ބަންދުގެ މުއްދަތު ހަމަވެގެން ކޯޓަށް ހާޒިރުކުރުމުން އިތުރު 15 ދުވަހަށް ބަންދު ޖަހާފައިވާއިރު، ބަންދަށް ލުޔެއް ދިނުމަށް ވެސް އޭނާ އެދުނު ނަމަވެސް، ކޯޓުން ލުޔެއް ނުދިނެވެ.
ކޮމެންޓު ފޮނުވާ