ޑަޔާނާގެ ހަޔާތުގެ ސިއްރުތައް ހާމަކުރާ ފޮތެއް ކޮއްކޯފުޅު ނެރެނީ

ޑަޔާނާގެ ހަޔާތުގެ ސިއްރުތައް ހާމަކުރާ ފޮތެއް ކޮއްކޯފުޅު ނެރެނީ

Author
އަހުމަދު
20 އޮގަސްޓް 2026 09:09
0

އިނގިރޭސިވިލާތުގެ އަމީރާ ޑަޔާނާ އަވަހާރަވިތާ 30 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް، އޭނާގެ ހަޔާތްޕުޅުގެ ސިއްރުތައް ހާމަކުރައްވާ ފޮތެއް ޑަޔާނާގެ ކޮއްކޯފުޅު ޗާލްސް ސްޕެންސާ ނެރުއްވަން ނިންމަވައިފި އެވެ.

"ސްވޯން ސޯންގް: ޑަޔާނާ، މައި ސިސްޓާ" ގެ ނަމުގައި، އާލް ސްޕެންސާގެ ނަމުން މަޝްހޫރު ޗާލްސް ސްޕެންސާ ލިޔުއްވި މި ފޮތް، އަންނަ މަހު އިނގިރޭސިވިލާތާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނެރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ފޮތުގައި ޑަޔާނާގެ ހަޔާތްޕުޅުގެ ހަގީގަތްތައް ހާމަކުރައްވާނެ ކަމަށް ސްޕެންސާ ވަނީ އިއުލާނުކުރައްވައިފަ އެވެ.

ރަސްގެފާނު ޗާލްސްގެ ފުރަތަމަ އަނބިކަނބަލުން ޑަޔާނާ އަވަހާރަވީ 1997 ވަނަ އަހަރުގެ އޯގަސްޓް މަހު، އުމުރުފުޅުން އެންމެ 36 އަހަރުގަ އެވެ. އެކަމަނާ އަވަހާރަވީ ލޯބިވެރިޔާ ދޯދީ އަލް-ފާއިދުއާއެކު ދަތުރުކުރެއްވި ކާރު، ފަހަތުން ފޮޓޯގްރާފަރުން ފަހަމުން ދަނިކޮށް ބާރު ސްޕީޑުގައި ގޮސް ފްރާންސްގެ ޕެރިހުގެ ޕޮންޓް ޑި ލްއަލްމާ ޓަނަލް ތެރެއަށް އެކްސިޑެންޓްވުމުގެ ސަބަބުންނެވެ.

1981 ވަނަ އަހަރު ބޭއްވި ކުލަގަދަ ކައިވެނީގެ ރަސްމިއްޔާތަށްފަހު ޑަޔާނާއަށް ބޮޑު މަގްބޫލުކަމެއް ލިބުނު ނަމަވެސް، ކައިވެނީގައި މައްސަލަތައް ޖެހި 1996 ވަނަ އަހަރު ކައިވެނި ރޫޅާލި އެވެ. ޑަޔާނާގެ ޖަނާޒާގައި ސްޕެންސާ ދެއްވި ތަގުރީރުގައި، އިނގިރޭސި ޝާހީ އާއިލާއަށް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.