ބޭރު ފައިސާގެ ބިލާ ދެކޮޅަށް ނަޝީދާއި ސޯލިހުގެ ފާޑުކިޔުން

ބޭރު ފައިސާގެ ބިލާ ދެކޮޅަށް ނަޝީދާއި ސޯލިހުގެ ފާޑުކިޔުން

Author
އަހުމަދު
19 އޮގަސްޓް 2026 10:12
0

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރި ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފާޑުވިދާޅުވެއްޖެއެވެ.

އެމްއެމްއޭއިން ކަނޑައަޅާ ރަސްމީ ރޭޓަށްވުރެ އަގުބޮޑުކޮށް ޑޮލަރު ވިއްކުމާއި އިޝްތިހާރު ކުރުމަކީ ކުށެއް ކަމުގައި ކަނޑައަޅައި، 25،000 ރުފިޔާއިން ފެށިގެން ފަސް މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާތަކެއް ކަނޑައަޅައިގެން ފާސްކުރި މި ބިލާ ގުޅިގެން، އެމްޑީޕީގެ ޗެއާޕާސަން ރައީސް ނަޝީދު އެކްސްގައި ވިދާޅުވީ ޑޮލަރުގެ ރޭޓު ދުވަހުން ދުވަހަށް މައްޗަށްދާ ކަމަށާއި، އޭގެ ސަބަބުން ދިރިއުޅުމުގެ ހަރަދު ބޮޑުވަމުންދާ ކަމަށެވެ. މިފަދަ ކުއްލި ބަދަލުތަކުގެ ސަބަބުން މާކެޓުގެ އިތުބާރު ގެއްލި ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށާއި، ޑޮލަރުގެ ރޭޓު މައްޗަށްދާ ކަމަށް ރިޕޯޓުކުރާ މީޑިއާތަކަށް ދައުވާ ކުރެވޭ ގޮތަށް އިސްލާހު ގެނައުމަކީ ނޫސްވެރިންނަށް އަމާޒުކޮށް ދޭ ހަމަލާއެއް ކަމުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އާންމު މަސްލަހަތާ ގުޅުންހުރި ކޮންމެ ކަމަކަށް ފާރަވެރިވުމަކީ ގާނޫނުއަސާސީން ނޫސްވެރިންނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށާއި، ޑޮލަރުގެ އަގު މައްޗަށްދިޔަޔަސް ދަށަށްދިޔަޔަސް އެކަން މީޑިއާތަކުން ހާމަކުރަން ޖެހޭނެ ކަމަށެވެ. ނޫސްވެރިކަމަށް ހުރަސްއެޅޭ ފަދަ ގާނޫނެއް ފާސްކޮށްގެން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.