ކުލި ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ސަރުކާރުން ނިންމައިފި

ކުލި ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ސަރުކާރުން ނިންމައިފި

Author
އަހުމަދު
18 އޮގަސްޓް 2026 02:48
0

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާ ފަރާތްތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުން ނިންމައިފިއެވެ.

ކަމާބެހޭ ވުޒާރާއިން ބުނީ މި ފިޔަވަޅުތައް އަޅާނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު (2/99) އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. ނަމަވެސް، އަޅަން ނިންމާފައިވަނީ ސީދާ ކޮން ފިޔަވަޅުތަކެއް ކަމެއް އަދި ހާމައެއް ނުކުރެއެވެ.

މި ފިޔަވަޅު އަމާޒުކުރެވިފައިވަނީ މިހާރު ހިންގަމުންދާ ތަންތަނާއި، ވުޒާރާގެ ހުއްދަނެތި އޮޕަރޭޝަންތައް މެދުކަނޑާލާފައިވާ ތަންތަނުގެ ތެރެއިން، ކުލީގެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކަށެވެ. ދައުލަތަށް ލިބެންޖެހޭ އާމްދަނީ ގަވާއިދުން ހޯދުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށްވެސް ވުޒާރާއިން ފާހަގަކުރެއެވެ.

އެހެންކަމުން، ދައުލަތަށް ދައްކަންޖެހޭ ފައިސާ ވީހާވެސް އަވަހަކަށް ދައްކައި ޚަލާޞްކުރުމަށް ކުއްޔަށް ހިފާފައިވާ ފަރާތްތަކަށް ސަރުކާރުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.