ބޭކިންގްއަށް ޚާއްޞަ، އަގުހެޔޮ ޗޮކްލެޓް ބްރޭންޑެއް ބާޒާރަށް ނެރެފި

ބޭކިންގްއަށް ޚާއްޞަ، އަގުހެޔޮ ޗޮކްލެޓް ބްރޭންޑެއް ބާޒާރަށް ނެރެފި

Author
އަހުމަދު
17 އޮގަސްޓް 2026 10:45
0

ސްރީލަންކާގެ މަޝްހޫރު ޗޮކްލެޓް ބްރޭންޑެއް ކަމަށްވާ "އެނޯޑްސް ކޮކޯ" ގެ އުފެއްދުންތައް ޓްރެޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ.

ލަންކާގެ ކާބޯތަކެތި އުފައްދާ ދާއިރާގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ މި ބްރޭންޑަކީ ބޭކަރީތަކާއި، ހޮޓާތަކުގެ އިތުރުން ގޭގައި ކޭކާއި ފޮނިކާތަކެތި ތައްޔާރުކުރާ ފަރާތްތަކަށް ޚާއްޞަ ޗޮކްލެޓް އުފައްދާ ކުންފުންޏެކެވެ. ރާއްޖޭގައި މި ބްރޭންޑްގެ މުދާ ފޯރުކޮށްދޭ ހަމައެކަނި ރަސްމީ ފަރާތަކީ ޓްރެޑް މޯލްޑިވްސްއެވެ.

އެނޯޑްސް ކޮކޯއަކީ ސްރީލަންކާގެ ޕުގޯޑާގައި ހުންނަ، އެ ޤައުމުގެ ބޯޑް އޮފް އިންވެސްޓްމަންޓްގައި ރަޖިސްޓަރީކޮށްގެން ހިންގާ ކުންފުންޏެކެވެ. ބައިނަލްއަޤުވާމީ ފެންވަރުގެ ސެޓްފިކެޓްތައް ކަމަށްވާ ބީއާރުސީ، އައިއެސްއޯ 9001:2015 އަދި އެފްއެސްއެސްސީ 22000 ފަދަ ޝަރަފުވެރި ލިޔުންތައް ހާސިލްކޮށްފައިވާ މި ކުންފުންޏަކީ 8 މިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެކެވެ. އެ ކުންފުނީގެ ފެކްޓްރީން އަހަރަކު 5,000 މެޓްރިކް ޓަނުގެ ޗޮކްލެޓް އުފެއްދުމުގެ ޤާބިލުކަން ލިބިގެންވެއެވެ.

ދިވެހިންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ އީދު، ކައިވެނި އަދި އެކި ކަހަލަ އާއިލީ އެއްވުންތަކުގައި ފޮނިކާތަކެތި ތައްޔާރުކުރުމަކީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް، ފެންވަރު ރަނގަޅު ބޭކިންގް ޗޮކްލެޓް ހޯދުމުގައި ގިނަ ފަހަރަށް ބަރޯސާވާން ޖެހެނީ އަގުބޮޑު ބޭރު ބްރޭންޑްތަކަށެވެ. މީގެ އިތުރުން، ރާއްޖޭގެ ހޫނުމިނަށް ނުފެތޭ ޗޮކްލެޓް ބޭނުންކުރަން ޖެހުމަކީވެސް ދިމާވާ ގޮންޖެހުމެކެވެ. ޓްރެޑް މޯލްޑިވްސްއިން މި ތަޢާރަފްކުރި "އެނޯޑްސް ކޮކޯ" އަކީ މި ހުރިހާ މައްސަލަތަކަށް އޮތް ހައްލެކެވެ. މެދު ފަންތީގެ އަގުތަކެއްގައި ލިބެން ހުންނަ މި ޗޮކްލެޓަކީ ކުދި ކަޕްކޭކުން ފެށިގެން ބޮޑެތި ވެޑިންގް ކޭކުތަކާ ހަމައަށްވެސް ބޭނުންކުރެވޭނެ ފެންވަރު ރަނގަޅު އުފެއްދުމެކެވެ.

ރާއްޖޭގެ ބާޒާރުން ލިބެން ހުންނަ މި ބްރޭންޑްގެ ބާވަތްތަކުގެ ތެރޭގައި ޑާކް، މިލްކް އަދި ވައިޓް ޗޮކްލެޓްގެ ޗިޕްސް، ބަޓަންސް އަދި ސްލެބްތައް ހިމެނެއެވެ. މީގެ އިތުރުން ހަދިޔާ ދިނުމަށާއި ސީދާ ކެއުމަށް ބޭނުންކުރެވޭ 100 ގްރާމްގެ ސިގްނޭޗަރ ބާސް، އެސޯޓެޑް ޕެކްތައް އަދި 250 ގްރާމްގެ "ޗޮކޯ ސެންސޭޝަން" ބާސްވެސް ލިބެން ހުންނާނެއެވެ. އަދި 3-އިން-1 ކޮފީ މިކްސް، ޗޮކޯ ޑްރިންކް އަދި ޗޮކްލެޓް ސްޕްރެޑްވެސް މި ލިސްޓުގައި ހިމެނެއެވެ.

މި ވަގުތު މި އުފެއްދުންތައް ވިއްކަމުންދަނީ އޯޑަރު ދިނުމުން ޑެލިވަރީ ކޮށްދޭ އުސޫލުންނެވެ. ކަސްޓަމަރުންނަށް "އެނޯޑްސް ޗޮކޯ މޯލްޑިވްސް" ފޭސްބުކް ޕޭޖް މެދުވެރިކޮށް ނުވަތަ 7321125 ނަންބަރުގެ ވައިބާ މެދުވެރިކޮށް އޯޑަރު ކުރެވޭނެއެވެ.
މި އައު ބްރޭންޑާއެކު، ރާއްޖޭގައި ގޭގައި ކޭކާއި ފޮނިކާތަކެތި ތައްޔާރުކުރާ ފަރާތްތަކަށް ހެޔޮ އަގުގައި ފެންވަރު ރަނގަޅު ޗޮކްލެޓް ހޯދުމަށް އިތުރު ފުރުޞަތެއް ހުޅުވިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.