އެޗްޑީސީގެ މުވައްޒަފުން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ފަށައިފި

އެޗްޑީސީގެ މުވައްޒަފުން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ފަށައިފި

Author
އަހުމަދު
17 އޮގަސްޓް 2026 09:21
0

މޯލްޑިވިއަން ބްލަޑް ސަރވިސް (އެމްބީއެސް)ގައި ލޭ މަދުވުމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުން އިސްނަގައިގެން ލޭ ހަދިޔާކުރުމުގެ ޚާއްޞަ ކޭމްޕެއް އިއްޔެ ފަށައިފިއެވެ.

އެމްބީއެސްއާ ގުޅިގެން ހެނދުނުން ފެށިގެން ހަވީރާ ހަމައަށް ކުރިއަށް ގެންދިޔަ މި ކޭމްޕުގައި، ކުންފުނީގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެ، ޞިއްޙީ ތަޙުލީލުތައް ފުރިހަމަކުރުމަށްފަހު ލޭ ހަދިޔާކުރިއެވެ.

އެޗްޑީސީގެ ސީއެސްއާރު އެސިސްޓެންޓް ޑިރެކްޓަރު ޙަސަން ޝަހީދު ވިދާޅުވީ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ބްލަޑް ބޭންކުގައި ލޭ މަދުވެފައިވާކަން އެންގުމާ ގުޅިގެން މި ޙަރަކާތް އިންތިޒާމުކުރީ ކަމަށާއި، މުވައްޒަފުންގެ ފަރާތުން ފުރިހަމަ ތަރުޙީބެއް ލިބުނު ކަމަށެވެ.

މިއީ މި އަހަރުގެ ތެރޭގައި އެޗްޑީސީން ބޭއްވި ދެވަނަ ލޭ ހަދިޔާކުރުމުގެ ކޭމްޕެވެ. ފުރަތަމަ ކޭމްޕު ބާއްވާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުއެވެ. މި އަހަރު ނިމުމުގެ ކުރިން އިތުރު ކޭމްޕެއް ބޭއްވުމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ސިލްސިލާ ޕްރޮގްރާމްތައް ހިންގުމަށް އެ ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.