ތުއްތު ދަރިފުޅު ދައުލަތަށް ނެގި މައްސަލައިގެ ތަހުގީގަށް މުހިންމު މައުލޫމާތުތަކެއް ލިބިއްޖެ

ތުއްތު ދަރިފުޅު ދައުލަތަށް ނެގި މައްސަލައިގެ ތަހުގީގަށް މުހިންމު މައުލޫމާތުތަކެއް ލިބިއްޖެ

Author
އަހުމަދު
16 އޮގަސްޓް 2026 09:22
0

އުފަންވިތާ ތިން ދުވަސްވީ ތުއްތު ކުއްޖަކު، މަންމަގެ ނުރުހުމުގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގެ ތަހުގީގަށް ބޭނުންވާ ގިނަ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެޗްއާރްސީއެމުން ބުނީ ކޮމިޝަނުގެ އިސް ޓީމެއް އެކި ތަންތަނަށް ޒިޔާރަތްކޮށް، މައްސަލައާ ގުޅުންހުރި މުއައްސަސާތަކާއި ވަކިވަކި ފަރާތްތަކާ ބައްދަލުކޮށްފައިވާ ކަމަށާއި، މި މަސައްކަތް މިރެއާއި މާދަމާވެސް ކުރިއަށްދާނެ ކަމަށެވެ. އަދި މި މައްސަލައިގައި ހިމެނޭ ކުއްޖާއާއި މަންމަގެ ކަރާމާތަށް އުނިކަން އަންނަ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި މައްސަލަ ފެންމަތިވީ، ވިހެއުމަށްފަހު ހޮސްޕިޓަލުގައި އޮއްވައި ދަރިފުޅު އަތުލި ކަމަށް ބުނެ، އުމުރުން 25 އަހަރުގެ މަންމަ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރުމުންނެވެ. އޭނާ ބުނާ ގޮތުގައި، ހަށިގަނޑުގައި ހުރި ނުކުޅެދުންތެރިކަމަކަށާއި ނަފުސާނީ ހާލަތަށް ރިއާޔަތްކޮށް، ދަރިފުޅު ބެލުމުގެ ގާބިލުކަން ނެތް ކަމަށް ނިންމައި ދައުލަތުން ވަނީ އޭނާގެ ހައްގުތަކަށް އަރައިގަނެފަ އެވެ.

ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމުގައި އަމަލުކޮށްފައިވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި، ކުއްޖަކު އާއިލާއިން ވަކިކުރަނީ އެ ކުއްޖާގެ ރައްކާތެރިކަން އާއިލާގެ ތެރެއިން ކަށަވަރު ނުކުރެވޭ ފަދަ ހާލަތެއްގައި އެކަނި ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.