ގެއްލުނު ދިވެހިން ހޯދަން އެމެރިކާގެ މަތިންދާބޯޓެއް ހުވަދޫ ކަނޑުގައި

ގެއްލުނު ދިވެހިން ހޯދަން އެމެރިކާގެ މަތިންދާބޯޓެއް ހުވަދޫ ކަނޑުގައި

Author
އަހުމަދު
16 އޮގަސްޓް 2026 09:21
0

ހިލަ އާއި ހިލަވެލި ބަރުކޮށްގެން ލ. އަތޮޅުން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް މިދިޔަ ބުދަ ދުވަހުގެ ރޭ އަޑިއަށް ދިޔަ 'ފްރެންޑް 4′ ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމެރިކާ ސިފައިންގެ އެހީ ހޯދައި، މިއަދު މެންދުރު ފަހު އެމެރިކާގެ މެރިޓައިމް ޕެޓްރޯލް މަތިންދާބޯޓެއް އެ ސަރަހައްދުގައި ފަސް ގަޑިއިރު ވަންދެން ވަނީ ހަރަކާތްތެރިވެފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި، އެމެރިކާ ނޭވީގެ އެ އުޅަނދު ދުއްވާފައި ވަނީ 1،500 ފޫޓު ތިރިންނެވެ. މި ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ކައްޕި މުހައްމަދު ހަމްދޫނާއި، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހްމަދާއި، ފުލުހުންގެ ސާޖަންޓް އަލީ ނާފިއު އެވެ. މި ތިން މީހުން މަސައްކަތް ކުރަމުން ދިޔައީ ޕަމްޕް ޖަހައިގެން ދޯނީގެ ދިޔަގަނޑު އަޑިވޭތޯ ބެލުމުގެ މަސައްކަތެވެ. ނަމަވެސް ރާޅަކާ ދޯނި ފުރޮޅާލި އިރު އެ މީހުން ތިބީ ދޯނީގެ ވަތުތެރޭގަ އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި، ހާދިސާ ހިނގި ވަގުތުން ފެށިގެން ޑްރޯންގެ އެހީގައި މީހުން ހޯދުމުގެ މަސައްކަތް ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ. މިހާތަނަށް ކަނޑުމަތިން އޮޔާ ދިޔަ ގޯންޏާއި ކުނިބުނި ފަދަ ސާމާނު ދެނެގަނެވިފައިވެ އެވެ. ދޯނި ފެތެމުން ދިޔަ އިރު ފުންމާލި އެންމެން ސަލާމަތް ކުރެވިފައިވާ ކަމަށާއި، ސަލާމަތްވި މީހުންގެ ތެރޭގައި ކޯސްޓް ގާޑުގެ ހާބަ ޕެޓްރޯލް ލޯންޗުގެ ކްރޫއަކާއި، އެމްއެންޑީއެފްގެ އޯގްޒިލަރީ ފަޔަމަނަކާއި، ފުލުހަކާއި، ދޯނީގައި ތިބި ތިން ފަޅުވެރިން ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.