އުނގޫފާރު ބަޔަކު ނުވަ ކިލޯގެ ހުދަންބަރެއް ހޮވައިފި

އުނގޫފާރު ބަޔަކު ނުވަ ކިލޯގެ ހުދަންބަރެއް ހޮވައިފި

Author
އަހުމަދު
16 އޮގަސްޓް 2026 03:02
0

ރ. އުނގޫފާރު ބަޔަކަށް، ނުވަ ކިލޯ ހުންނާނެ ކަމަށް ބެލެވޭ ހުދަންބަރެއް މިދިޔަ ހުކުރު ދުވަހު ހޮވައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އެ ރަށު މީހަކު ބުނީ، މި ހުދަންބަރު ފެނުނީ ޑިންގީއެއްގައި ދަތުރުކުރަން ނުކުމެ އުޅުނު ހަތަރު މީހަކަށް، އުނގޫފާރުގެ އުތުރު ކަނޑުއޮޅިން ކަމަށެވެ. އެ ހުދަންބަރު ހޮވި މީހާގެ ގާތްމީހަކު ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، މީގައި ނުވަ ކިލޯ ހުންނާނެއެވެ.

ހުދަންބަރަކީ މާވަހަރުގެ އެންމެ އަގުބޮޑު ބާވަތެވެ. މާވަހަރަކީ އަތަރާއި ސެންޓު އުފެއްދުމުގައި ބޭނުންކުރާ އެއްޗެއް ކަމުން، ދުނިޔޭގެ ބާޒާރުގައި މީގެ އަގު ވަރަށް ބޮޑެވެ. މާވަހަރުގައި ބޮޑު ވަހެއް ނެތް ނަމަވެސް، މީގެ ބޭނުން ކުރަނީ އަތަރުގައި ހިމެނޭ ވަސްތައް ގިނަ ދުވަހަށް ދެމެހެއްޓުމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގެ ކަނޑުތަކުން ކުރިންވެސް ބައެއް މަސްވެރިންނަށް ހުދަންބަރު ފެނިފައި ވެއެވެ. އެގޮތުން، ފަސް އަހަރު ކުރިން ރ. މަޑުއްވަރީ ދޯންޏަކުން މަސްވެރިކަމަށް ނުކުމެ އުޅުނު ބަޔަކަށްވެސް ހުދަންބަރެއް ހޮވާފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.