ހިތަދޫގައި ތަރައްގީކުރާ ވޯޓާ ފްރަންޓަށް ރައްޔިތުންގެ ޚިޔާލު ހޯދަނީ

ހިތަދޫގައި ތަރައްގީކުރާ ވޯޓާ ފްރަންޓަށް ރައްޔިތުންގެ ޚިޔާލު ހޯދަނީ

Author
އަހުމަދު
16 އޮގަސްޓް 2026 09:22
0

އައްޑޫ ސިޓީ ހިތަދޫގައި މިހާރު ގާޑިޔާތައް ހިންގާ ސަރަހައްދުގައި ވޯޓާ ފްރަންޓެއް ތަރައްގީކުރުމަށް ތައްޔާރުކޮށްފައިވާ ކޮންސެޕްޓަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ހުޅުވާލައިފިއެވެ.

ކައުންސިލުން ބުނީ މި ކޮންސެޕްޓަށް ޚިޔާލު ހޯދުމަށް އޮންލައިން ސާވޭއެއް ކުރިއަށްގެންދާ ކަމަށާއި، އެ ސާވޭގައި ބައިވެރިވެވޭނީ ހަމައެކަނި އައްޑޫއަށް ނިސްބަތްވާ ރައްޔިތުންނާއި އައްޑޫގައި ދިރިއުޅޭ މީހުންނަށް އެކަނި ކަމަށެވެ.

ކައުންސިލުން އާންމުކުރި ޑިޒައިނުގައިވާ ގޮތުން، ވޯޓާ ފްރަންޓުގައި މޮނިއުމެންޓުތަކާއި، ކާރާއި ސައިކަލު ޕާކުކުރާނެ ޖާގައާއި، ރެކްރިއޭޝަން ހަރަކާތްތަކަށް ޚާއްސަ ސަރަހައްދުތަކާއި، ބެންޗުތަކާއި، ހިނގުމަށާއި ދުވުމަށް ޚާއްސަ މަގުތަކާއި، ސްކޭޓް ޕާކަކާއި، ފާޚާނާ ބަރިއަކާއި، ކިއޮސްކުތައް ހިމެނެއެވެ. މީގެ އިތުރުން އުޅަނދުފަހަރު އެޅުމަށް ޖެޓީއެއް ހެދުމަށްވެސް ކޮންސެޕްޓުގައި ހިމަނާފައިވެއެވެ.

މި މަޝްރޫއާ ގުޅޭގޮތުން މިދިޔަ ހަފުތާގައި ކައުންސިލުން ބައްދަލުވުމެއް ބާއްވާފައިވީ ނަމަވެސް، މަޝްރޫއުގެ އިތުރު ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.