ހިތްވަރު ދިނުމުގެ ގައުމީ އިނާމު 7 ބޭފުޅަކަށާއި ކުންފުންޏަކަށް ދެއްވައިފި

ހިތްވަރު ދިނުމުގެ ގައުމީ އިނާމު 7 ބޭފުޅަކަށާއި ކުންފުންޏަކަށް ދެއްވައިފި

Author
އަހުމަދު
15 އޮގަސްޓް 2026 12:34
0

ހއ. އުތީމުގައި މިއަދު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހަތް ބޭފުޅަކަށާއި އެއް ކުންފުންޏަކަށް ދެއްވައިފައެވެ.

މި އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގަތީ، ދީނީ ދާއިރާއިން ގއ. ދާންދޫ، މުޝްތަރީގޭ ޙައްވާ ލަޠީފަށާއި، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހދ. ވައިކަރަދޫ ދަނބުގޭ މުޙައްމަދު ނަޞީރަށާއި، ދިވެހި ތާރީޚުގެ ދާއިރާއިން ކޮމާންޑް ސާޖަންޓް މޭޖާ ޢަބްދުﷲ ސަޢީދަށާއި، ޞިއްޙީ ދާއިރާއިން މުޙައްމަދު އަޙްމަދަށާއި، މުއާޞަލާތާއި އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން ހއ. އުލިގަން ފަހިވާ، އަރުޝަދު އަޙްމަދަށާއި، ކުޅިވަރުގެ ދާއިރާއިން ހ. ސީޓް، ޢާއިޝަތު ނައުރާއަށާއި، ވިޝުއަލް އާޓްސްގެ ދާއިރާއިން ހ. އަރިހިޔާ، އިސްމާޢީލް ޢަބްދުލްޣަފޫރަށެވެ. އަދި އިމާރާތްކުރުމާއި ފަރުމާކުރުމުގެ ދާއިރާއިން މި އިނާމު ލިބުނީ ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.

މީގެ އިތުރުން، ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ކަށިމާ އަޙްމަދު ޝާކިރަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް އަރުވައި، ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތަރު ބޭފުޅަކަށް ދެއްވައިފައިވެއެވެ. ފުޓްބޯޅަ ކުޅުންތެރިން ތަމްރީނުކުރުމުގެ ދާއިރާއިން ޚިދުމަތުގެ ގައުމީ އިނާމު، މަރްޙޫމް އިޙްސާން ޢަބްދުލްޣަނީ (ސާންތީ) ގެ ހަނދާނަށް ވެސް ޖަލްސާގައި އަރުވައިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.