ރާއްޖޭގެ 71 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ރަށްތަކަށް ފޮނުވަން ފަށައިފި އެވެ.
އެޗްޑީސީން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސަރުކާރުގެ ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އެ ކުންފުންޏާ ހަވާލުކުރި 71 މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި، ހުރިހާ ރަށެއްގައި ވެސް މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ.
2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ވަޢުދު ފުއްދުމަށްޓަކައި ކަމާ ގުޅޭ އިދާރާތަކުން ދަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ސަރުކާރުން މިކަން ފާހަގަކުރަނީ ރަށްރަށުގެ ކުޅިވަރާއި ދުޅަހެޔޮކަން އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ