ފަޅުރަށާއި ފަޅު ކުއްޔަށް ދޫކުރުމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް، އާންމުންގެ ޚިޔާލު ހޯދުމަށް މަޖިލީހުން ފުރުޞަތު ހުޅުވާލައިފިއެވެ.
މަޖިލީހުގެ އިދާރާއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މި ބިލާ މެދު ޚިޔާލެއް ނުވަތަ ކޮމެންޓެއް ހުށަހަޅަން އެދޭ ފަރާތްތަކަށް އެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލެވިފައިވާ ކަމަށެވެ.
ޚިޔާލު ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން، 2024 ވަނަ އަހަރުގެ އޯގަސްޓު 16 ވާ ހުކުރު ދުވަހުގެ މެންދުރު 12:00 ގެ ކުރިން، މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގެ އީމެއިލް އެޑްރެހަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ސިޓީއަކުން ފޮނުއްވުމަށް ވަނީ އެދިފައެވެ.
ފަޅުރަށާއި ފަޅު ކުއްޔަށް ދޫކުރުމާ ބެހޭ ބިލަކީ، ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނެ އުޞޫލުތައް ކަނޑައެޅުމުގެ ބޭނުމުގައި މަޖިލީހަށް ހުށަހަޅާފައިވާ މުހިއްމު ބިލެކެވެ. މި ބިލު މިހާރު ދިރާސާކުރަމުން ދަނީ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީންނެވެ.
ކޮމެންޓު ފޮނުވާ