ދެއްވަދޫ ކްލަސްޓަރ: ދެއްވަދުއާއި ވިލިނގިލި އަދި ހުޅުމާލެއިން އިތުރު ބަޔަކު ޕޮޒިޓިވްވެއްޖެ

ދެއްވަދޫ ކްލަސްޓަރ: ދެއްވަދުއާއި ވިލިނގިލި އަދި ހުޅުމާލެއިން އިތުރު ބަޔަކު ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޖިމީ
16 ޖެނުއަރީ 2021 01:40
0

ގއ.ދެއްވަދޫ ކްލަސްޓާއަށް ނިސްބަތްވާ އިތުރު ބަޔަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ދެއްވަދޫ ކައުންސިލުން ބުނީ ދެއްވަދޫ ކްލަސްޓާއަށް ނިސްބަތްވާ އިތުރު ބަޔަކު ގއ.ވިލިނގިލިންނާއި ހުޅުމާލެއިން އިތުރު ބަޔަކު ޕޮޒިޓިވްވެފައިބާކަމަށެވެ. އަދި ދެއްވަދޫއިންވެސް ބަޔަކު ޕޮޒިޓިވްވެފައިވާކަމަށާއި، އެގޮތުން އިތުރު 11 މީހުން ޕޮޒިޓިވްވެފައިވާކަން ރޭ އެކައުންސިލަށް އަންގާފައިވާކަމަށެވެ. މިއާއެކު އެރަށުން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 54 އަށް އަރާފައިވާކަމަށް ކައުންސިލުން ބުނެއެވެ.

ގއ. ވިލިނގިލިން އެންމެ ފަހުން ޕޮޒިޓިވްވެފައިވަނީ ކުރިން ޕޮޒިޓިވްވި އެރަށުގައި ހުންނަ ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމު ހާސިލުކުރަމުންދިޔަ ދާންދޫގެ ދަރިވަރާއި ރޫމް ޝެއަރކުރާ އެސްކޫލްގެ ދަރިވަރިވަރެވެ. އަދި ދާންދޫން ޕޮޒިޓިވްވި މީހުންނާއި ޑައިރެކްޓް ކޮންޓެކްޓުވި މީހަކު ހުޅުމާލޭގައި ހުރުމުން އޭނާގެ ސާމްޕަލް ނަގައި ޓެސްޓުކުރުމުންވެސް ވަނީ ޕޮޒިޓިވްވެފައެވެ.

އެއަތޮޅު ދާންދޫ ކައުންސިލުންވެސް ވަނީ ދެއްވަދޫ ކްލަސްޓާއާއި ގުޅޭިގެން ގިނަ ބަޔަކު ހޯމް ކަރަންޓީން ކުރެވިފައިވާކަމަށް ބުނެފައެވެ. އަދި 143 ރޭންޑަމް ސާމްޕަލް ނަގަމުންދާކަމަށްވެސް ކައުންސިލުން ބުނެއެވެ.

ދެއްވަދޫއިން ގިނަ ޢަދަދެއްގެ ބަޔަކު ޕޮޒިޓިވްވެފައިވާއިރު އެރަށް އަދިވެސް އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ. އެރަށަކާއެކު އެއަތޮޅުގެ 5 ރަށެއް މީހަރު ވަނީ މޮނިޓަރިންއަށް ލާފައެވެ. ދެއްވަދޫގައި ޒަރޫރީ ބޭނުމެއްގައި ނޫނީ އާންމުން ގެއިން ބޭރަށް ނުނިކުތުމަށާއި، ބޭރަށް ނުކުންނަ ނަމަ މާސްކް އެޅުމަށްވަނީ އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން ފިހާރަތަކަށް ވަނުމުގެ ބަދަލުގައި ޑެލިވަރީ ކުރުމުގެ ޚިދުމަތް ބޭނުންކުރުމާއި، ބަލީގެ އަލާމާތެއް ހުރި މީހެއްނަމަ އެރަށެއްގައި ހުންނަ ސިއްޙީ ޚިދުމަތްދޭ ތަނަކަށްގޮސް ޓެސްޓްކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

ގއ.ދެއްވަދޫން 30 ނޮވެމްބަރ 2020ގެ ފަހުން އެހެން ރަށަކަށް ގޮސްފައިވާ މީހެއްނަމަ އެކަން ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްޙީ މަރުކަޒަށް އެންގުމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުންވަނީ އިލްތިމާސްކުރައްވާފައެވެ.

ގއ.ދެއްވަދޫގައި ކޯވިޑް19 ފެތުރެމުންދަނީ ބަލި އެންމެ ފުރަތަމަ ފެނުނު މީހާގެ ކިބައިން ނޫކަމަށާއި، ބަލި ފެތުރެން ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ. އެޗްއީއޯސީން ބުނެފައިވަނީ ބަލި ފެތުރިފައިވަނީ ދުވަސްކޮޅެއް ވަންދެން ރަށުގެ ތެރޭގައި ބަލި އުޅުމަށްފަހުގައިކަމަށް މިހާތަނަށް ބެލި ބެލުމުން އެގިފައިވާކަމަށެވއަދި ބަލި ރަށު ތެރޭގައި ފެތުރެމުންދަނީ ބަލި އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާގެ ކިބައިން ނޫންކަން އެނގޭކަމަށްވެސް އެޗްއީއޯސީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.