ރާއްޖޭގެ މިނިވަންކަމަށް 61 އަހަރު: ޚާރިޖީ ވަޒީރު ޑިޕްލޮމެޓުންނާއެކު ޚާއްޞަ ޙަފްލާއެއް ބާއްވަވައިފި

ރާއްޖޭގެ މިނިވަންކަމަށް 61 އަހަރު: ޚާރިޖީ ވަޒީރު ޑިޕްލޮމެޓުންނާއެކު ޚާއްޞަ ޙަފްލާއެއް ބާއްވަވައިފި

Author
އަހުމަދު
26 ޖުލައި 2026 12:03
0

ރާއްޖެއަށް މިނިވަންކަން ލިބުނުތާ 61 އަހަރު ފުރުމުގެ މުނާސަބަތުގައި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ޑިޕްލޮމެޓިކް އައުޓްރީޗް ޚާއްޞަ ޙަފްލާއެއް ބާއްވަވައިފިއެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިނިވަންކަން ލިބުނީއްސުރެ ރާއްޖެއަށް އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ބައިނަލްއަޤްވާމީ ޕާޓްނަރުންގެ ދައުރު ވަރަށް ބޮޑުކަމަށާއި، އެ ޕާޓްނަރޝިޕްތައް އިތުރަށް ވަރުގަދަކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރައްވާފައި ވަނީ ބައިނަލްއަޤްވާމީ ހަމަހަމަކަމުގެ މައްޗަށް ކަމަށާއި، މަޝްވަރާއާއި ޑިޕްލޮމަސީއާއި ބައިނަލްއަޤްވާމީ އެއްބާރުލުމުގެ ބިންގަލުގައި ކުރިއަށް ގެންދަވާ ސިޔާސަތެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާއި، އީޖާދީ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރެއްވުމުގެ ފުރުޞަތުތައް ދެނެގަތުމަށް ބައިނަލްއަޤްވާމީ ޕާޓްނަރުންނަށް ދަޢުވަތު އެރުވިއެވެ.

ޙަފްލާ ފެށިގެންދިޔައީ، މިނިވަންކަން ލިބުނު ފަހުން މިއަދާ ހަމައަށް ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކާއި، ކުރިއަށް އޮތް ތަނުގައި ޕާޓްނަރޝިޕްތަކުން ފުރިހަމަކުރެވިދާނެ ދާއިރާތައް ދައްކުވައިދޭ ޚާއްޞަ ޕްރެޒެންޓޭޝަނަކުންނެވެ.

މި ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި، ރެޒިޑެންޓް އަދި ނޮން-ރެޒިޑެންޓް ހައިކޮމިޝަނަރުންނާއި، ދިވެހި ސަފީރުންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ މަންދޫބުންގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޚާރިޖީ ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.