ޝިއާއުގެ މަރުގެ މައްސަލައިގައި ޝާހިލްގެ ދެ އިސްތިއުނާފެއް އަނެއްކާވެސް ހައިކޯޓަށް

ޝިއާއުގެ މަރުގެ މައްސަލައިގައި ޝާހިލްގެ ދެ އިސްތިއުނާފެއް އަނެއްކާވެސް ހައިކޯޓަށް

Author
އަހުމަދު
18 ޖުލައި 2026 08:29
0

މާލޭގެ ގެއެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލްގެ ފަރާތުން ދެ މައްސަލައެއް އަނެއްކާވެސް ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި، މިދިޔަ ހަފްތާގައި ޝާހިލްގެ ފަރާތުން ހުށަހެޅި މި ދެ މައްސަލައާ މެދު އަދި ހައިކޯޓުން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. މީގެ ކުރިން ޝާހިލްގެ މައްޗަށް ސާބިތުވި ދައުވާތަކާ ގުޅިގެން ތިން އަހަރަށް ޖަލަށްލާން ކުރި ހުކުމް ވެސް ޝާހިލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް، އެއްވެސް ލިޔެކިޔުމެއް ހުށަނާޅާ އޮތުމުގެ ސަބަބުން އެ މައްސަލަ ހައިކޯޓުން ވަނީ ބޭރުކޮށްލާފައެވެ.

ޏ. ފުވައްމުލަކަށް ނިސްބަތްވާ، އުމުރުން 22 އަހަރުގެ ޝިއާއު މަރާލާފައި އޮއްވާ ފެނުނީ 6 އޮގަސްޓު 2022ގައި ހ. ޝީރީންވިލާ ގޭގެ ތެރެއިންނެވެ. ޝިއާއު މަރުވީ ޝާހިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުން ކަން ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ކަމަށާއި، މަރާލުމަށްފަހު ވެސް ޝިއާއުގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަން އެ ރިޕޯޓުން ހާމަވާ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފައެވެ.

ޝިއާއު މަރާލި މައްސަލައިގައި ޝާހިލްގެ މައްޗަށް ދައުލަތުން ކުރާ ބައެއް ދައުވާތަކުގެ ބާވަތް ސިއްރު ކޮށްފައި އޮތްއިރު، އޭގެ ތެރެއިން ބައެއް މައްސަލަތައް އަދިވެސް އޮތީ ދަށު ކޯޓު މަރުހަލާގައެވެ. މި މައްސަލައިގެ ޝަރީއަތަށް ތިން އަހަރު ވެފައިވާއިރު، ޝަރީއަތް ނިމެންދެން ޝާހިލް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައި ވަނީ 7 އޮގަސްޓު 2022ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.