އީރާނުން ގަތަރަށް ފޮނުވާލި މިސައިލެއްގެ ބައިތަކެއް ވެއްޓި ތުއްތު ކުއްޖަކު ޒަޚަމްވެއްޖެ

އީރާނުން ގަތަރަށް ފޮނުވާލި މިސައިލެއްގެ ބައިތަކެއް ވެއްޓި ތުއްތު ކުއްޖަކު ޒަޚަމްވެއްޖެ

Author
އަހުމަދު
17 ޖުލައި 2026 10:06
0

އީރާނުން ގަތަރަށް ފޮނުވާލި މިސައިލެއްގެ ބައިތަކެއް ވެއްޓި ތުއްތު ކުއްޖަކު ޒަޚަމްވެއްޖެއެވެ.

ގަތަރުގެ އިންޓީރިއާ މިނިސްޓްރީން ބުނީ ކުއްޖާ ޒަޚަމްވީ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވި މިސައިލެއްގެ ބައިތައް ބިމަށް ވެއްޓުމުގެ ތެރޭގައި ކަމަށެވެ. ކުއްޖާއަށް ފަރުވާދެމުން އަންނަ ކަމަށާއި ނަމަވެސް ހާލު ސީރިއަސް ކަމަކަށް ނުފެންނަ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ ހާދިސާއާ ގުޅިގެން ގަތަރު ސަރުކާރުން ވަނީ ހުރިހާ ރައްޔިތުން ވެސް ކަމާ ބެހޭ އިދާރާތަކުގެ އިރުޝާދުތަކަށް ބޯލަނބައި، އެންމެ ފަހުގެ މައުލޫމާތު ހޯދަމުން ގެންދިއުމަށް އިލްތިމާސްކޮށްފައެވެ.

އީރާނުން ފާއިތުވި ދުވަސްތަކުގައި މެދުއިރުމަތީގެ އެކި ގައުމުތަކަށް ދެމުން އަންނަ މިސައިލް ހަމަލާތަކުގެ ސީދާ އަމާޒަކީ އެ ގައުމުތަކުގައި ގާއިމުކޮށްފައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކެވެ. މީގެ ކުރިން ބަހްރޭން، ކުވެއިތު އަދި އުރުދުން ފަދަ ގައުމުތަކުގައި ހުންނަ އެމެރިކާގެ ދިފާއީ މަރުކަޒުތަކަށް ވެސް އީރާނުން ވަނީ ހަމަލާދީފައެވެ.

އެމެރިކާއާއި އީރާނާ ދެމެދު އަލުން ހަނގުރާމަ ފެށިފައި ވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް އީރާނުން ހަމަލާދޭ ކަމަށް ބުނެ، އެމެރިކާއިން އިސްވެ އީރާނަށް ހަމަލާދޭން ފެށުމާއެކު މި ކުރިމަތިލުންތައް އަނެއްކާ ވެސް ވަނީ ފެށިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.