މޯލްޑިވިއަންގެ މުވައްޒަފުންނަށް ފްލެޓް އަޅަން ހުޅުމާލެއިން ބިމެއް

މޯލްޑިވިއަންގެ މުވައްޒަފުންނަށް ފްލެޓް އަޅަން ހުޅުމާލެއިން ބިމެއް

Author
އަހުމަދު
08 ޖުލައި 2026 09:14
0

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް ފްލެޓް އެޅުމަށް ހުޅުމާލެއިން ބިމެއް ހަވާލުކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، މި މަޝްރޫއުއަށް ބޭނުންވާ ބިން ވަނީ އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފައެވެ. ދެ ކުންފުނީގެ ދެމެދުގައި ވެވުނު އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. އައިލެންޑް އޭވިއޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއެވެ.

ފްލެޓް މަޝްރޫއު ކުރިއަށްގެންދިއުމަށް ހަވާލުކުރީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އޮންނަ 12،000 އަކަފޫޓަށްވުރެ ބޮޑު ސަރަހައްދެކެވެ. އައިލެންޑް އޭވިއޭޝަނުން ބުނީ ބިން ހަވާލުކުރުމާއެކު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. އެހެންނަމަވެސް، އެ ބިމުގައި އިމާރާތްކުރާ ފްލެޓުތަކުގެ އަދަދާއި، ފްލެޓުތަކުގެ ފެންވަރާ ބެހޭ އިތުރު ތަފްސީލެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިންވެސް ހުޅުމާލޭގައި މުވައްޒަފުންނަށް ހާއްސަކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ސަރުކާރުގެ ބައެއް ކުންފުނިތަކުން ވަނީ ހިންގާފައެވެ. އޭގެ ތެރޭގައި އެމްއޭސީއެލް، އެމްޕީއެލް އަދި ސްޓެލްކޯ ފަދަ ކުންފުނިތައް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.