އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އަންނަ ހަފުތާގައި ނިއުޒިލޭންޑަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
މިއީ ފާއިތުވި 40 އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރަކު ނިއުޒިލޭންޑަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ނިއުޒިލޭންޑްގެ ބޮޑުވަޒީރު ކްރިސްޓޮފާ ލަކްސަން ވަނީ މިއީ ވަރަށް ތާރީޚީ ދަތުރުފުޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. މި ދަތުރުފުޅުގައި ޖުލައި މަހުގެ 10 ވަނަ ދުވަހު މޯދީ އޯކްލޭންޑަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، އެމަނިކުފާނު އެނބުރި ގައުމަށް ވަޑައިގަންނަވާނީ އޭގެ އަނެއް ދުވަހުއެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމުގެ މަގުސަދުގައި ކުރައްވާ މި ދަތުރުފުޅުގައި، ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ތައުލީމާއި، ޓެކްނޮލޮޖީގެ އިތުރުން ފަތުރުވެރިކަމާއި ކަނޑުގެ ސަލާމަތާ ގުޅޭގޮތުން ދެ ގައުމުގެ ލީޑަރުން މަޝްވަރާކުރައްވާނެއެވެ. މި ދަތުރުފުޅު ހަމަޖެހިފައި މިވަނީ، ނިއުޒިލޭންޑުން އިންޑިއާއަށް އެކްސްޕޯޓުކުރާ މުދަލުގެ 95 އިންސައްތައިން ޓެރިފް ކަނޑާލުމަށް، މިއަހަރުގެ އެޕްރީލް މަހު ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށެވެ. މި ދަތުރުފުޅާ ގުޅޭގޮތުން އިންޑިއާގެ ޚާރިޖިއްޔާއިން އަދި ރަސްމީކޮށް ތަފްސީލުތަކެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ