ޝަރުތު ހަމަނުވާތީ ޕީޕީއެމް ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލްކޮށްފި

ޝަރުތު ހަމަނުވާތީ ޕީޕީއެމް ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލްކޮށްފި

Author
މުޙައްމަދު ޝަޒައިމް
15 ޖެނުއަރީ 2021 05:01
0

ކައުންސިލް އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ޝަރުތު ހަމަނުވާތީ އޭނާގެ ކެންޑިޑެސީ ބާތިލް ކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ، އިންތިޚާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު، ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުންކުރިމަތިލާފައިވާ ކެންޑިޑޭޓް ތ.ކަނޑޫދޫ/ އުސްގެ، ޙަސަން މޫސާގެ ކިބައިގައި ފުރިހަމަނުވާކަމަށް، ކޮމިޝަނަށް ސާބިތުވާކަމަށެވެ.

ތ.ކަނޑޫދޫ/ އުސްގެ، ޙަސަން މޫސާއަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠު ފުރިހަމަވާ ކެންޑިޑޭޓެއް ނޫތެންކަމުގައި ނިންމާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގައެވެ.

އެނާގެ ކެންޑިޑެސީ ބާތިލްކުރުމާއެކު ކަނޑޫދޫ ކައުންސިލްގެ ރައީސްގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ރީހާން އަށް ވަނީ އޮޓަމެޓިކުން ލިބިފަ އެވެ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް އެހެން ކެންޑިޑޭޓަކު ވާދައެއް ނުކުރެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.