އެމްޑީޕީގެ އިހުތިޖާޖަށްފަހު، ސޯބެ މަޖިލީހުގެ މުހިންމު ދެ ކޮމިޓީއަކަށް ހަމަޖައްސައިފި

އެމްޑީޕީގެ އިހުތިޖާޖަށްފަހު، ސޯބެ މަޖިލީހުގެ މުހިންމު ދެ ކޮމިޓީއަކަށް ހަމަޖައްސައިފި

Author
އަހުމަދު
01 ޖުލައި 2026 08:34
0

ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސާދިގް (ސޯބެ)، ރައްޔިތުންގެ މަޖިލީހުގެ މުހިންމު ދެ ކޮމިޓީއަކަށް މިއަދު އައްޔަނުކޮށްފިއެވެ.

މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ ސޯބެ ލާމަރުކަޒީ ކޮމިޓީ އަދި އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ހަމަޖެއްސުމަށެވެ. މީގެ ތެރެއިން ލާމަރުކަޒީ ކޮމިޓީއަކީ އިދިކޮޅު އެމްޑީޕީން އަބަދުވެސް ވަރަށް ބޮޑަށް ބޭނުންވާ ކޮމިޓީއެކެވެ.

މި ހިނގާ 20 ވަނަ މަޖިލީހަށް، މި ފަހުން ބޭއްވި ބައި އިލެކްޝަން ކާމިޔާބުކުރައްވައިގެން ސޯބެ އިންތިޚާބުވެވަޑައިގަތުމާއެކު، ކޮމިޓީތަކުން އެމްޑީޕީއަށް ލިބޭ ޖާގަ ވަނީ އިތުރުވެފައެވެ. ނަމަވެސް، ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން އޭނާ އާދައިގެ ކޮމިޓީއަކަށް ލާން މަސައްކަތްކުރާކަމަށް ބުނެ، އެމްޑީޕީގެ މެންބަރުން ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ބޭއްވި ޖަލްސާގައި އިހުތިޖާޖުކޮށްފައެވެ.

ސޯބެއަށް "ރަނގަޅު ކޮމިޓީއަކުން" ޖާގަ ނުދިނުމުން ކަމަށް ބުނެ އެ ދުވަހުގެ ޖަލްސާގައި އަޑުގަދަކުރުމުގެ ސަބަބުން، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ 13 މެންބަރުންގެ ތެރެއިން 9 މެންބަރަކު ވަނީ މަޖިލީހުގެ ތަޅުމުން ނެރެފައެވެ. އެ އިހުތިޖާޖުތަކަށްފަހު، މިއަދު މަޖިލީހުން މިވަނީ ސޯބެ ބޭނުންވި ފަދަ މުހިންމު ކޮމިޓީތަކަކުން އޭނާއަށް ޖާގަދޭން ފާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.