ކުރީގެ ރައީސުން މުޒާހަރާއަށް ވަޑައިގަންނަވާނަމަ ސެކިއުރިޓީ ކަނޑާލަން ނިންމައިފި

ކުރީގެ ރައީސުން މުޒާހަރާއަށް ވަޑައިގަންނަވާނަމަ ސެކިއުރިޓީ ކަނޑާލަން ނިންމައިފި

Author
އަހުމަދު
30 ޖޫން 2026 10:27
0

ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނަމަ، އެ ވަގުތަކަށް އެ ބޭފުޅުންގެ ސެކިއުރިޓީ ކަނޑާލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން ނިންމައިފިއެވެ.

ސިއްރުކޮށްގެން އިއްޔެ ކުރިއަށްގެންދިޔަ ކޮމިޓީ ބައްދަލުވުމުގައި އެމްއެންޑީއެފްއިން ކުރީގެ ރައީސުންނަށް ސެކިއުރިޓީ ދިނުމުގެ އުސޫލަށް މި ބަދަލު ގެންނަން ފާސްކުރީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ހުށަހެޅުއްވި ހުށަހެޅުއްވުމަކަށެވެ. ކޮމިޓީގެ އަޣުލަބިއްޔަތުން މިކަން ފާސްކުރިއިރު، މިއާ ދެކޮޅަށް ވޯޓުދެއްވީ އެމްޑީޕީގެ މެންބަރު އަބްދުލްގަފޫރު މޫސާއާއި، އެމްއެންޕީގެ މެންބަރު މުހައްމަދު ނާޒިމްގެ އިތުރުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. މި ބަދަލަކީ ރައްޔިތުންގެ އަސާސީ ހައްގުތަކަށް ހުރަސްއެޅުން ކަމަށް ބައެއް މެންބަރުން ވަނީ ސިފަކުރައްވާފައެވެ.

ފަހަކަށް އައިސް ނޫސްވެރިންތަކެއް ޖަލަށްލުމާ ގުޅިގެން މާލޭގައި ކުރިއަށްދިޔަ މުޒާހަރާތަކުގައި ރައީސް ނަޝީދު ވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށް ބުނެ، ކުރީގެ ތިން ރައީސުން ކަމަށްވާ ނަޝީދާއި، އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު އަންނަނީ ގުޅިގެން މަސައްކަތް ކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.