ވޯލްޑް ކަޕް 2026: ފަހު ސިކުންތުކޮޅުގެ ޑްރާމާއަކަށް ފަހު އޮސްޓްރިއާއިން އީރާން ކަޓުވާލައިފި

ވޯލްޑް ކަޕް 2026: ފަހު ސިކުންތުކޮޅުގެ ޑްރާމާއަކަށް ފަހު އޮސްޓްރިއާއިން އީރާން ކަޓުވާލައިފި

Author
އަހުމަދު
28 ޖޫން 2026 10:26
0

ވޯލްޑް ކަޕް 2026 ގައި އަލްޖީރިޔާ އާއި އޮސްޓްރިއާ ބައްދަލުކުރި މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އޮސްޓްރިއާއިން ނަތީޖާ ހަމަހަމަކޮށް، މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް އީރާނުން ކުރަމުންދިޔަ އުއްމީދުތައް ފެނަށް ދުއްވާލައިފި އެވެ.

މެޗުގެ 60 ވަނަ މިނިޓްގައި އަލްޖީރިޔާގެ ކެޕްޓަން ރިޔާދު މާރޭޒް ލަނޑެއް ޖަހައި 2-2 އިން ނަތީޖާ ހަމަހަމަކުރި އެވެ. އޭގެ ފަހުން އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނިޓްގެ ތެރޭގައި މާރޭޒް ވަނީ އިތުރު ލަނޑެއް ޖަހައި އަލްޖީރިޔާއަށް 3-2 ގެ ލީޑެއް ހޯދައިދީފަ އެވެ. މި ނަތީޖާއާއެކު ގްރޫޕްގެ ދެވަނައަށް އަލްޖީރިޔާ އެރިއިރު، ތިންވަނަ ޓީމުތަކުގެ ތެރެއިން ގަދަ އަށެއްގައި ހިމެނިގެން އީރާނަށް ދެވަނަ ބުރުގެ ޖާގައެއް ލިބުމުގެ ފުރުސަތު ވަރަށް ބޮޑުވި އެވެ.

ނަމަވެސް މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސާސާ ކަލަޒިޗް ވަނީ އޮސްޓްރިއާއަށް ލަނޑެއް ޖަހައިދީ، 3-3 އިން މެޗު އެއްވަރުކޮށްފަ އެވެ. މި އާދަޔާ ހިލާފު ނިމުމާއެކު އޮސްޓްރިއާއަށް ގްރޫޕް ޖޭގެ ދެވަނަ ލިބުނުއިރު، އަލްޖީރިޔާ ވެއްޓުނީ ތިންވަނައަށެވެ. އަދި މި ނަތީޖާގެ ސަބަބުން ދެވަނަ ބުރަށް ދިއުމަށް އީރާނުން ކުރަމުންދިޔަ އުއްމީދުތައް ވަނީ ނިމުމަކަށް އައިސްފަ އެވެ.

މި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދިޔައީ ޖޯޑަން ބަލިކޮށް ސައްތައިން ސައްތަ ރެކޯޑަކާއެކު ލިއޮނެލް މެސީގެ އާޖެންޓީނާ އެވެ. ގްރޫޕްގެ ތިންވަނަ ޓީމުގެ ގޮތުގައި އަލްޖީރިޔާ ގަދަ 32 އަށް ދަތުރުކުރިއިރު، އެ ޓީމު ދެން ބައްދަލުކުރަން ޖެހޭނީ ސްވިޓްޒަލެންޑާއެވެ. އަލްޖީރިޔާގެ އިތުރުން ތިންވަނަ ޓީމުތަކުގެ ގޮތުގައި ދެން އަނެއް ބުރަށް ދިޔައީ ޑީއާރު ކޮންގޯ، ސްވިޑްން، ގާނާ، އިކުއެޑޯ، ބޮސްނިއާ، ޕެރެގުއޭ އަދި ސެނެގޯލް އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.