ފީފާ ވޯލްޑް ކަޕް 2026: ފަހު ވަގުތު އެމެރިކާ ބަލިކޮށް ތުރުކީން މޮޅެއް ހޯދައިފި

ފީފާ ވޯލްޑް ކަޕް 2026: ފަހު ވަގުތު އެމެރިކާ ބަލިކޮށް ތުރުކީން މޮޅެއް ހޯދައިފި

Author
އަހުމަދު
26 ޖޫން 2026 11:32
0

ފީފާ ވޯލްޑްކަޕްގެ ގްރޫޕް ޑީގައި ކުޅުނު ފަހު މެޗުގައި، މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ތުރުކީން ކުރިހޯދައިފިއެވެ.

މި މެޗު ފެށިގެން ދެވަނަ މިނިޓްގައި އޫސްޓަން ޓްރަސްޓީގެ ގޯލުން އެމެރިކާ ލީޑު ނެގި ނަމަވެސް، މެޗުގެ 10 ވަނަ މިނިޓްގައި ތުރުކީގެ އާޑާ ގުލާ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން، 31 ވަނަ މިނިޓްގައި ބަރިސް ޔިލްމާޒް ކާމިޔާބުކުރި ގޯލާއެކު ތުރުކީން ލީޑު ނެގިއެވެ. އެހެންނަމަވެސް، ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވަނީސް 49 ވަނަ މިނިޓްގައި ސަބެސްޓިއަން ބާހޯލްޓާގެ ލަނޑުން އެމެރިކާ އަލުން ނަތީޖާ އެއްވަރުކުރިއެވެ.

މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، ތުރުކީއަށް މި މެޗުން މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ އިތުރު ވަގުތުގެ އަށްވަނަ މިނިޓްގައި އައިހާން އެވެ. މި މެޗުން މޮޅުވި ނަމަވެސް ތުރުކީ ވަނީ މުބާރާތުން ކަޓާފައެވެ. މެޗުން ބަލިވި ނަމަވެސް، ޖުމްލަ ހަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެމެރިކާ ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. މުބާރާތުގެ ދެވަނަ ބުރުގައި އެމެރިކާ ވާދަކުރަން ޖެހޭނީ ބޮސްނިޔާއާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.